ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް ކުނި ނޭޅުމަށް އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް އަޅާ ކުނި ނޭޅުމަށް މާލެ ސިޓީ ކައުންސިލުން އަންގަވައިފިއެވެ.

ސިޓީ ކައުންސިލް އިން މިގޮތަށް އަންގާފައިވަނީ މިދުވަސްވަރު ކުނި ނަގާ އެތަން ސާފު ނުކުރެވޭތީއެވެ.

ސިޓީ ކައުންސިލުން ބުނެފައި ވަނީ އެ އިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ގިނަ ޢަދަދެއްގެ މުވައްޒަފުން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއިގުޅިގެން، ބިދޭސީ ހުރިހާ މުވައްޒަފުން ކަރަންޓީން ކޮށްފައިވާތީި ބިދޭސީ މުވައްޒަފުން ޝާމިލްކޮށްގެންކުރާ ހުރިހާ މަސައްކަތެއް މި ވަގުތުމުޅިން ހުއްޓިފައިވާކަމަށެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ކުނި އުކާލުމަށްޓަކައި ވެމްކޯގައި ރަޖިސްޓްރީވުމަށް ކުރިންވެސް އަންގަވާފައިވުމާއެކު މިހާތަނަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީވެ، ވެމްކޯ މެދުވެރިކޮށް ކުނި އުކާލަމުން ގެންދިއުމަށް އަންގަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: