މިއަދު ރާއްޖެ އިން ކޮވިޑް 19 އަށް ޕޮޒްޓިވްވީ 46 މީހުންނެވެ.
މިއަދު ޕޮޒްޓިވްވި މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ. މިއަދު ޕޮޒްޓިވްވި ބިދޭސީންގެ އަދަދަކީ 15 އެވެ. މިއަދު ޕޮޒްޓިވްވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ފައްސިވީ 44 މީހުންނެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 129 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.
މިހާރު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ މިއަދު 1340 އަށް މަދުވެފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް ވަނީ 96 އަށް މަދުވެފައެވެ.

