ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ މަޤާމުން ދުރުކޮށްފި

އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިއަދު ވަނީ ނިންމާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރު ކޭސްގެ މައުލޫމާތު ލީކުކޮށްލިކަމުގެ ތުހުމަތުގައި އޭސީސީގެ އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ މަޤާމުން ދުރުކޮށް ކޭސް އިންވެސްޓިގޭޓަރަކަށް އޭނާ ބަދަލުކޮށްފިއެވެ.

ސަންގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ ފިޔަވަޅު އަޅާފައިވަނީ ދެ މަހެއްހާ ދުވަސް ކުރިންނެވެ.

އޭސީސީގެ އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އަށް ފިޔަވަޅު އަޅުމާއި ގުޅޭގޮތުން ސަންގުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީ އޮފިޝަލަކު ވިދާޅުވީ، އިދާރީ ގޮތުން ފިޔަވަޅު އަޅާ ކަންކަން މީޑިއާތަކާއި އެކޮމިޝަނުން ހިއްސާ ނުކުރާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އެ މަޤާމުން ދުރުކޮށް އެ ޔުނިޓުގެ މަސައްކަތް ވަގުތީ ގޮތުން ވަނީ އެހެން ފަރާތަކާއި ހަވާލުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި އިންޓެލިޖެންސް ޔުނިޓްގެ ވެރިޔާ ބަދަލުކުރީ ހެލްތު މިނިސްޓްރީގެ ވެންޓިލޭޓަރުތަކުގެ ކޭސްއާ ގުޅޭ މައުލޫމާތު ލީކުކޮށްލި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް އޭނާ އެކަން ކުރި ކަމުގެ ހެއްކެއް އެތެރޭގެ ތަހުގީގުން ހޯދިފައި ނުވާ ކަމަށްވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

އެގޮތުން މިހާރު ކުރިއަށް ދަނީ ބަޔާންތައް ނެގުމުގެ މަސައްކަތް ކަމަށް އެކޮމިޝަނުން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އެކަމަށް ހެދި ހާއްސަ އޮޑިޓު ރިޕޯޓުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓް އޮފީހުން ހަދާފައިވާ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓްގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ. އެ މައްސަލަތަކާއި ގުޅިގެން އެކަންކަން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އޭސީސީއަށް އަންގަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: