މިއަދު އިތުރު 75 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 10014 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 75 މީހުންގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި 22 ބިދޭސީން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 10،014 އަރާފަ އެވެ.
މިއަދު ކޮވިޑުން ރަނގަޅުވީ 76 މީހުންނެވެ. އެއާއި ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 8،673 އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،300 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށް 82 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑްގައި 34 މީހަކު ވަނީ މަރުވެފަ އެވެ.

