ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންއައިސީއަށް އައްޔަނު ކުރުމަށް ފޮނުވި ނަންތަކުގެ ތެރޭގައި ހިޔާނާތް ފަޅާއަރުވާލި ގާސިމް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައުލޫމާތުތައް ބީއެމްއެލްގެ އެތެރެއިން އާންމުކުރި ގާސިމް އަބްދުލް ކަރީމް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައީސް ސޯލިހު، މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ހުސްވެފައިވާ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޅ. ނައިފަރު، ނިކަގަސްދޮށުގެ، ގާސިމް އަބްދުލްކަރީމް އެ މަގާމަށް އައްޔަނު ކުރުމަށް ފޮނުވާ ކަމަށެވެ.

އެ ސިޓީއާ އެކު ރައީސް ވަނީ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި އެހެން ފަރާތްތަކުގެ ނަންތައް ވެސް މަޖިލީހަށް ފޮޮނުއްވާފަ އެވެ. އަދި މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތަކަށް ފާސްކޮށްދެއްވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ގާސިމް ހުންނަވަނިކޮށް އޭނާ ވަނީ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފައެވެ.

ބޭންކްގެ ވިސްލް ބްލޯވަރުގެ ނަމުން މަޝްހޫރުވި ގާސިމްއަށް ބީއެމްއެލްގެ އެތެރޭގެ މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލާގައި 1 އަހަރާއި 4 މަހުގެ ޖަލު ހުކުމެއް އައިސްފައިވެއެވެ.

ހުކުމް ތަންފީޒުކުރުމަށްފަހު، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: