ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

14 އަހަރުގެ ކުއްޖަކާ ޖިންސީ ގުޅުން ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ އަމަލު ހިންގަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ތ، ލ އަތޮޅުގެ ރަށެއްގައި އެކި ދުވަސްމަތިން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް، ޖިންސީ އަމަލު ހިންގުމަށް ހިތްވަރުދީ، ޖިންސީ ގުޅުން ހިންގަން އުޅުނުކަމުގެ މައްސަލައެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ 35 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނާއިގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން މި މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: