ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އެއްބަސްވުމެއް ފުލުހުންނާއި ޕީޖީއާއި ދެމެދު ގާއިމް ކޮށްފި

ޕީޖީ ހުސެން ޝަމީމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާމެދު މުވާސަލާތުކުރާނެ ލިޔެވިފައިވާ އުޞޫލެއް އެކުލަވާލައި 02 ނޮވެންބަރު 2020 ދުވަހުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ .

ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މި އުޞޫލުގައި، 12 މޭ 2020 ގައި ޕްރޮސިކިއުޓަރ ޖެނެރަލް ނެރުއްވާފައިވާ ”ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޢަމަލުކުރާނެގޮތުގެ އިރުޝާދުގެ 1 ”ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛްކުރާނެ ގޮތުގެ ތަފްޞީލް ބަޔާންކޮށްފައިވާނެއެވެ.

މި އުޞޫލުގެ ދަށުން ޕީޖީ އޮފީހާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ޤާއިމުކޮށްފައިވާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް، ރިއަލް ޓައިމްކޮށް، މަޢުލޫމާތާއި ލަފާ ބަދަލުކުރެވޭނެ ނިޒާމެއް ވަނީ ޤާއިމުކުރެވިފައެވެ. މިނިޒާމުގެ ތެރެއިން، ޖިނާއީ ބޮޑެތި މައްސަލަތަކާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި، މީހަކު ހައްޔަރުކުރުމާއެކު، އެމަޢުލޫމާތު ފުލުހުންގެ ޕޯޓަލަށް އަޕްޑޭޓް ކުރާ ވަގުތު، ޕީޖީ އޮފީހަށް އެމަޢުލޫމާތު ލިބި، އެކަމުގެ ނޯޓިފިކޭޝަން ލިބޭނެއެވެ. އަދި އެކަމާ ގުޅިގެން ޕީޖީ އޮފީހުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އޭގެ ފަހުން، ދެ މުއައްސަސާގެ މެދުގައި މުޢާމަލާތު ކުރެވެމުންދާނެ ގޮތުގެ އިޖުރާއަތްތައް މި އުޞޫލުގައި ހިމެނެއެވެ.

އުޞޫލަށް ޢަމަލުކުރަން ފެށުމާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤުކުރާ މައްސަލަތަކުގެ ތެރެއިން މި އުޞޫލުގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ މަޢުލޫމާތު ޕީޖީ އޮފީހާ ޙިއްޞާކުރާތާ 24 ގަޑިއިރު ތެރޭގައި އެ މައްސަލައެއްގައި މަސައްކަތްކުރާނެ ޕްރޮސިކިއުޓަރެއް ނުވަތަ ޕްރޮސިކިއުޓަރުންގެ ޓީމެއް އައްޔަންކުރެވޭނެއެވެ. އަދި މައްސަލައިގެ ތަޙުޤީޤު ޓީމާއި ޕްރޮސިކިއުޓަރުނާ ދެމެދުގައި ދެކެވޭ ވާހަކަތަކާއި، މައްސަލައިގެ ތަޙުޤީޤަށް ޕްރޮސިކިއުޓަރުން ދެއްވާ ލަފާ ލިޔުމުން ފެންނާން އޮންނާނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މީގެ ސަބަބުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސިކިއުޓަރުން އެއްކޮށް ކުރާ މަސައްކަތް، މިހާރަށްވުރެ އަވަސްވެ، ހަރުދަނާވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އެއްގޮތަކަށް ކުރެވިގެންދާނެއެވެ. ފުލުހުންނާއި ޕީޖީ އޮފީހުގެ ޚިދުމަތް މިހާރަށްވުރެ ބޮޑުތަކުން ރަނގަޅު ކުރެވި، ރައްޔިތުންގެ އިތުބާރު އިތުރުކޮށް ދެމެހެއްޓޭނެއެވެ. މިބައި ފުރިހަމަ ކުރެވުމުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި މީހާ ހައްޔަރުކުރާ ހިސާބުން ފެށިގެން ޕީޖީ އޮފީހުން ޝަރީޢަތަށް މައްސަލަ ހުށަހެޅުމާ ހަމައަށް ޕީޖީ އޮފީހުގެ އެތެރޭގައި ޢަމަލުކުރާނެ ހުރިހާ އުޞޫލެއްވެސް މިހާރު ތައްޔާރު ކޮށްފައިވާ ކަމަށް ޕީޖީގެ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މިކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ރެކޮމެންޑޭޝަނަކަށް އެކުލަވާލެވުނު ނިޒާމެކެވެ.

އެކޮމިޓީގެ ރިޕޯޓެއްގައި، ޤާނޫނާ އެއްގޮތަށް ތަޙުޤީޤު ހިނގާކަން ކަށަވަރުކުރުމުގެ ގޮތުންނާއި، މައްސަލަތައް ތަޙުޤީޤުކޮށް، ހެކި ހޯދައި، ހެކި ހުށަހެޅުމަށް ޕީޖީ އޮފިހާ މޯލްޑިވިސް ޕޮލިސް ސަރވިސް ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ ޕްރޮޓޮކޯލެއް ހަދައި، އެކަމުގައި މަސައްކަތްކުރާނެ މީހުންގެ ރޯލްތަކާއި، މަޢުލޫމާތު ޙިއްޞާކުރާނެ ވަގުތުތަކާއި، ގޮތްތަކާއި، ލަފާއާއި އިރުޝާދު ދޭނެ ގޮތްތަކާއި ވަގުތުތަކާއި، މިބާވަތުގެ ހުރިހާ ކަމެއް ލިޔެފައި ބޭއްވުމުގެ ގޮތުން، ދެފަރާތުގެ ޚިޔާލާއި މަޝްވަރާއާއެކު ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޢަމަލުކުރުމަށް ވަކި އުޞޫލުތަކެއް ޕީޖީ އޮފިހާއި މޯލްޑިވިސް ޕޮލިސް ސަރވިސްއިން ލިޔުމުން އެކުލަވާލައި އެ އުޞޫލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ ޙިއްސާކުރުމަށް އަންގަވާފައިވެއެވެ.

އެހެންކަމުން، ”މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ މުވާސަލާތު ކުރުމުގައި ޢަމަލުކުރާނެ އުޞޫލު“ ގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނައި، އެ އުޞޫލު މިހާރު ވާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ޙިއްޞާކޮށްފައެވެ .

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: