އެޗްޕީއޭއިން ކުރިއަށްގެންދިޔަ ސީރޯ ޕްރިވަލެންސް ސަވޭ ނުވަތަ މުޖުތަމަޢުގައި ބަލި އޮތް ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދިޔަ ސާރވޭގެ ނަތީޖާ މިމަހުގެ ތެރޭގައި އާންމުކުރައްވާނެކަމަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ސީރޯ ޕްރިވެލަންސް ސަވޭގެ މަސައްކަތް އެޗްޕީއޭއިން ފަށާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންފެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ، ސީރޯ ޕްރިވަންލެންސް ސަވޭއަށް މާލެ ސަރަހައްދުން ނެގުމަށް ހަމަޖެހިފައިވާ އެންޓިބޮޑީ ޓެސްޓް ސާމްޕަލްތައް ނަގާ ނިންމާލާފައިވާކަމަށާއި، އެސާރވޭގެ ހޯދުންތައް މިމަހުގެ ތެރޭގައި ޢާންމުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
މިއީ ދިރާސާއަކަށް ނެގި ސާމްޕަލްތަކެއްކަމުން ސާމްޕަލް ދިން މީހާ އިތުރުކަމެއް ކުރަންނުޖެހޭނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެޗްޕީއޭއިން ކުރިއަށްގެންދޔަ ކޮވިޑް-19 ސީރޯސާވޭލަންސް ދިރާސާއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮވިޑު-19ގެ ވައިރަސްއަށް ހުށައެޅިފައިވާ މިންވަރު ބަލައި، މާލޭ ސަރަހައްދުގައި ކޮވިޑު-19 ފެތުރިފައިވާ މިންވަރު ބެލުމަށް ހެދި ދިރާސާއެކެވެ.
އެޗްޕީއޭއިން ބުނީ މިދިރާސާގައި ބައިވެރިވާ މީހާގެ ނަތީޖާއިން އެމީހެއްގެ ހަށިގަނޑުގައި މި ބައްޔަށް ހުށަހެޅިފައި ވޭތޯއާއި އެ ވައިރަސް އަށް ހަށިގަނޑުގައި ދިފާއީ ބަރު ހުރިތޯ އެނގޭނެކަމަށެވެ. އެމީހެއްޖެ ނަތީޖާ އެމީހަކާ މެސެޖުން ހިއްސާކުރެވޭނެކަމަށާއި، މިދިރާސާގެ ނަތީޖާ ކޮވިޑު-19 އިން ސަލާމަތްވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންކުރެވޭނެކަމަށެވެ.

