ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކުގައި ކައިބޮއި ހަދާ މީހުންނަށް ފިޔަވަޅު އަޅަނީ

އައިޖީއެމްއެޗްގައި ނަމާދުކުރާ މިސްކިތް. ފޮޓޯ: ޓުވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާކުތަކާއި، މިސްކިތްތައް އަދި މާރުކޭޓުތަކާއި އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއި ދިރިއުޅެމުންދާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ “ ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލަ “ އަށް ހައްލެއް ހޯދުމުގެ މަސައްކަތް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ކުރިއަށް ގެންދަވާ މި ޕްރޮގްރާމަކީ، މިފަދަ ފަރާތްތަކަށް ބޭނުންވާ އިޖްތިމާއި ޚިދުމަތްތަކާއި ވަގުތީ ރައްކާތެރިކަންކަށަވަރުކޮށްދީ، ބޭނުންވާ އަސާސީ ހައްގުތައް ހޯދައިދީ އެފަރާތްތަކުގެ އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަންފެށިފައިވާ މަސައްކަތުގެތެރެއިން ޙާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސަރުކާރުން މި ފަދަ ޕްރޮގްރާމެއް އިޢުލާން ކުރުމުން އެ ޕްރޮގްރާމްގައި ބައިވެރިނުވެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިނޫންވެސް މިފަދަ އިޖްތިމާޢީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭގޮތަށް އުޅޭނަމަ އެފަދަފަރާތްތަކާ ދޭތެރޭ ގަވައިދުން ފިޔަވަޅު އަޅާނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: