ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރްއާން ހިތުދަސްކުރި ހަތަރު ހާފިޒުންނަށްް ހާއްސަ މެޑަލް ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް މިރޭ ދެއްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މި އިނާމުތައް ދެއްވީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 20 ބޭފުޅަކަށެވެ.

މި ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި، އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 6 ބޭފުޅެކެވެ.

އެ ގޮތުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ:

1. ޑޮކްޓަރ ނައުޝާދު މުޙައްމަދު، މއ. އަމީނީވިލާ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވީ:

މާސްޓަރޒް ޑިގްރީ

މަރްޔަމް އަނާ ޙަސަން، މއ. ހުދުއާނު
ޢަލީ ސުޒޭނު، ކުދިމާގެ، ހއ. އިހަވަންދޫ
މުންޝިދާ އިބްރާހީމް، ގ. އޮނުހިރި
ޢުޒްމާ ޢަބްދުއްލަޠީފް، މ. ކޮކާވިލާ
އަޙްމަދު ފިޟާލް، ވެނީލާގެ، ރ. އަލިފުށި
މަރްޔަމް ނަޒާހާ، މ. ލުނާވަ
މަރްޔަމް މޫނިސާ ޙުސައިން، ކަރަންކާވިލާ، ސ. ފޭދޫ
އަލްއުސްތާޛާ އާމިނަތު ރަޝްފާ، ދިލާސާގެ، އއ. ފެރިދޫ
އަލްއުސްތާޛާ އާމިނަތު އީމާން ޢަބްދުލްޣަފޫރު ، މއ. ރޯޒް 1

ބެޗްލަރސް ޑިގްރީ

ފާޠިމަތު މިޒުނާ، ކަނީރުހިޔާ، ރ. ރަސްގެތީމު
ޢާއިޝަތު ލަމްޙާ ޙުސައިން ރަމީޒު، ވާދީ، ނ. ކުޑަފަރި
އަލްއުސްތާޛު ޙަސަން ސާމިލު، ތަރި، ޅ. ކުރެންދޫ
އަމާނީ އަޓިއެނޯ އޮންޔަންގޯ، ގ. ކިސޫމޫ

ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވީ:

ސިފުނާ އިބްރާހީމް، ފެހިވާދީ، މ. މުލައް
މިޝްކާ އަފްރާޙް ޙަސަން ، ހ. އަރުމްލިލީ
ޙުސައިން ޒަޔާން ޝަހީދު ޒަކީ، މ. ނޫރާނީގެ
ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު، ދަފްތަރު ނަންބަރު ރސ 4843
އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤު، ދަފްތަރު ނަންބަރު ރސ 4844
ސްޓާފް ސާޖަންޓް ޙަސަން ސާއިދު، ނިޔަމި، ކ. ގާފަރު

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރި 4 ޙާފިޡުންނަކީ:

އަލްޙާފިޡާ ޢާއިޝަތު ރަފާހު ޢަލީ، މއ. ހެބޫދޫގެ
އަލްޙާފިޡާ ނަވާރު ފިރާޤް މުޙައްމަދުފުޅު، ވިންޓަރގްރީން، ޅ. ނައިފަރު
އަލްޙާފިޡް އަޙްމަދު ޒަވްލު، ޝަބްނަމީގެ، ދ. ކުޑަހުވަދޫ
އަލްޙާފިޡް މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމް، މއ. ރިހިރާޅު

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: