ރައްޔިތުންގެ އަތުން ނެގޭ ޓެކްސް ފައިސާ އަކީ ހަވާއަރުވަން ނެގޭ ފައިސާއަކަށް ވެގެން ނުވާނެ ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން ވިދާޅުވެފައިމިވަނީ ޓެކްސް ނެގުމަކީ ހަރާމް ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިހް އިލްޔާސް ޖަމާލު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަތުން ނެގޭ ޓެކްސް ފައިސާ އިން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންތައްތައް ކޮށްދިނުން ފިޔަވައި އެހެން ކަމެއްގައި ބޭނުމެއް ނުކުރެވޭނެ ކަމަށެވެ.
”އެއި ހަވާއަރުވަން ނެގޭ ފައިސާއަކަށް ވެގެން ނުވާނެ.“ އިޔާޒް ވިދާޅުވިއެވެ.
Rayyithun athun negey Tax faisaa in Rayyithunnah beynunvaa Zaroory kanthah koh dhinun fiyavaa ehen kameh gai beynumeh nukureveyne. Aee havaa aruvan negey faisaa akah vegen nuvaane.
— Dr.Mohamed Iyaz (@dr_iyaz) December 31, 2020
ޓެކްސް ނެގުމަކީ ހަރާމް ކަމެއް ކަމަށް އިލްޔާސް ޖަމާލް، ވިދާޅުވެފައި ވަނިކޮށް ކުރީގެ އިސްލާމިކު މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ޝައީދު ވަނީ ރައްޔިތުންގެ ބޭނުންތައް ފުއްދައި ދައުލަތް ހިންގުމަށްޓަކައި ޓެކްސް ނެގުމަކީ ހުއްދަ ކަމެއް ކަމަށް ވިދާޅުވެފައެވެ.

