ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުންނަށް އާއިލީ މީހުންނާ އެއް ކޯޓެއްގައި މަސައްކަތް ނުކުރެވޭނެ ގޮތް ހަދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟
ފަނޑިޔާރުންނަށް އާއިލީ މީހުންނާ އެއް ކޯޓެއްގައި މަސައްކަތް ނުކުރެވޭ ގޮތަށް ގަވައިދަށް ބަދަލު ގެނެސްފި އެވެ.
ގަވާއިދު ކުރިން އޮންނަ ގޮތުން އާއިލީ ގުޅުން ހުރި މީހުން މަސައްކަތް ކުރާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރެވޭނެ އެވެ.

އިއްޔެ ޖޭއެސްސީއިން ބުނީ، ފަނޑިޔާރު ކަމަށް ކުރިމަތިލާ ކޯޓު ނުވަތަ ބަދަލުވާން އެދިފައިވާ ކޯޓުގައި ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދުގައި ބުނާ ފަދަ އާއިލީ ގުޅުން ހުރި މީހަކު މަސައްކަތް ކުރާ ނަމަ، އެ ކޯޓަށް އައްޔަނު ނުކުރެވޭނެ ގޮތަށް ނުވަތަ އެ ކޯޓަކަށް ފަނޑިޔާރަކު ބަދަލު ނުކުރެވޭނެ ގޮތަށް އެ ދެ ގަވައިދު އިސްލާހުކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުންނަކީ ކައިވެނީގެ ގޮތުން ނުވަތަ ނަސަބުގެ ގޮތުން ގުޅުން އޮތް ބަޔަކަށް ވުމަކީ ރަނގަޅު ގޮތެއް ކަމަށް އެ ކޮމިޝަނަށް ގަބޫލުނުކުރެވޭ ކަމަށް ޖޭއެސްސީއިން ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: