ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިންތުގެ ކާރަށް ގެއްލުން ދިން މައްސަލާގައި މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ޓެކްސީ ޑްރައިވަރު، އައިންތުގެ ކާރަށް އަނެއްކާވެސްމީހަކު ގެއްލުންދީފި! - ފޮޓޯ: ލޮޖިކަލް މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންއަންނަ އަންހެން ޑްރައިވަރު އައިމިނަތު ވަޙީދާގެ ކާރަށް ގެއްލުންދިން މައްސަލާގައި މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ރާއްޖޭގައި ހުރި ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ ޓެކްސީއަށް ގެއްލުން ދިން މައްސަލައިގައި އެކަކުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ފޮނުވައިފި އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައި ވަނީ ގ. އާފަތިސް މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް ކުރަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 220 ވަނަ ‎މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ 3 ވަނަ ‎ނަންބަރުގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން އޭނާގެ މައްޗަށް އެ ދައުވާކުރަން ފޮނުވާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ‎27 ވަނަ ދުވަހުގެ 02:06 ހާއިރު، އައިންތު  ޓެކްސީ ކުރުމަށް ‎ގެންގުޅޭ ކާރު އިއްޒުއްދީން މަގު، ‎ޑްރަގް ކޯޓް ކުރިމަތީގައި ޕާކް ކޮށްފައި އޮއްވާ، އެ ޓެކްސީގެ ކުރީ ‎ބިއްލޫރިގަނޑު (ވިންޑްސްކްރީން) އަށް ގާއުކައި އެ ބިއްލޫރިގަނޑު ތަޅާލައި، އެ ކާރަށް ގެއްލުންދީފައިވާތީ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 26 ގައި ޕާކުކޮށްފައި އޮއްވާ އައިމިނަތުގެ ކާރަށް ގެއްލުންދީފައިވާއިރު އެއީ އޭނާގެ ކާރަށް ގެއްލުންދިން ފަސް ވަނަ ފަހަރު ކަމަށް އައިންތު ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: