ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އުޅެނީ ތިމާވެށީގެ ނަމުގައި ރާއްޖެ ބަދުނާމުކުރަން: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާވެށީގެ އެކި ނަންނަމުގައި ދުނިޔޭގެ އެކި ޤައުމުތަކުން ބޮޑެތި މާލީ އެހީތެރިކަން ހޯދައިގެން މިސަރުކާރުން ކުރާހާވެސް ކަމަކީ ދިވެހި ރައްޔިތުންނާއި، ޤައުމު ބަދުނާމު ކުރުންކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ބުނުމާއި ގުޅިގެން، ކުނިއަޅާ ރިސޯތްތައް ޖޫރިމަނާކޮށް ބަންދުކުރަން ޖެހިދާނެކަމުގެ އިންޒާރު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ދިނުމާ ގުޅިގެންނެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ މިޤައުމަށްވުރެ ގިނައިން ތިމާވެށި ވިއްކައިގެން ފައިސާ ހޯދާ ޤައުމެއް ދުނިޔޭގައިވެސް ނޯންނާނެކަމަށެވެ.

”ކީއް ކުރާނީތޯ ބޮންޑޭ. މި ޤައުމަކީ ތިމާވެށީގެ ނަމުގައި ނިސްބަތުން ޤައުމަށް އެންމެ ގިނަ ފައިސާ ވައްދާ ޤައުމު. އެފައިސާ އަދި ގްރީން ޓެކްސް ހޭދަކުރަނީ ކޮން ކަމަކަށްތޯ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު. މާފުއްޓާއި، އަދި ރާއްޖޭގެ ރައްޔިތުން ބަދުނާމު ކުރުން ނޫންކަމެއް ސަރުކާރަށް އެބަ ކުރެވޭތޯ؟“ ޝިޔާމް ވިދާޅުވިއެވެ.

ރިސޯޓްތަކުން ކަނޑަށް ކުނި އަޅާ މައްސަލާގައި މަޓީގެ އެވާހަކަތަކަށް ރައްދުދެއްވާ ބޮންޑެ ވިދާޅުވީ، ފަޅުރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫންކަމަށާއި، ބޭނުން ވަސީލަތެއް ބޭނުންކުރުމަށް ރިސޯޓު ހޯދުމަށް ބިޑްކުރާ ލިޔެކިޔުންތަކުގައި ބުނެފައިވާކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: