ދުނިޔޭގެ އެކިކަންކޮޅުތަކުން ކޮވިޑް-19 އަށް ޕޮޒްޓިވްވި މީހުންގެ އަދަދު 100 މިލިއަނަށް އަރައިފިއެވެ
’ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 އަށް މިހާތަނަށް 100,284,461 މީހުން ޕޮޒްޓިވްވެފައިވެއެވެ. އޭގެ ތެރެއިން 2,149,460 މީހުން ކޮވިޑް-19 ޖެހިގެން މަރުވި އިރު، 72,291,890 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 25,841,262 އަށް އަރައެވެ.
ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މި ބަލި އެންމެ ވަރުގަދަ އަށް ފެތުރިފައި އޮތް ގައުމަކީ އެމެރިކާ އާއި އިންޑިއާ އާއި ބްރެޒިލްއެވެ.

