ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން މަޖިލިސް ތެރޭގައި އިހުތިޖާޖު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ބަޔާން އިއްވަމުން ދިޔައިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން އިހުތިޖާޖް ކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާއިދުކުރާ ފަރާތްތަކުން ވަނީ ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި އިރު، މަޖިލިިސް ސަރަހައްދަށް އެއްވެ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިހުތިޖާޖް ކޮށްފައެވެ.

ރައީސް ސޯލިހްގެ ރިޔާސީ ބަޔާން ނިމުމުން އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ވަނީ މަޖިލީހުގެ ތެރޭގައި، ރައިސް ޔާމީން މިނިވަންކުރުމަސް ގޮވާލާ ހަދާފައިވާ ބެނާ ހިފައިގެން ހިރަކާތްތެރިވެފައެވެ. އަދި ފޮޓޯތަކުން ފެންނަ ގޮތުން ރައީސް ސޯލިހާއި ރައީސް ނަޝީދު ވަނީ އެ މެމްބަރުންގެ އަރިހަށް ގޮސް ބައްދަލުކުރައްވާފައެވެ.

މަޖިލީހުގެ ޖަލްސާ އިދިކޮޅުން ބޮއިކޮޓް ކޮށްފައިވަނީ ރައީސާ ޔާމީނަަށް ނުހައްގުން ދެމުންދާ އަނިޔާތަކާއި، ގުޅިގެންކަމަށް އެކޯލިޝަނުން ބުނެއެވެ. އަދި މިހާތަނަށް ރައީސް ޞާލިހު އިއްވެވި އެއްވެސް ބަޔާނަކުން ރައްޔިތުންނަށް ނަތީޖާ ނެރެދެވިފައި ނުވާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: