ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 އަހަރުން މަތީ ހައިރިސްކް މީހުނަށް ވެކްސިން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 18 އަހަރުން މަތީގެ ބަލި މީހުންނަށް މިއަދު ކޮވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.

ވެކްސިން ދޭން ފަށައިފައި ވަނީ 18 އަހަރާއި 55 އަހަރާއި ދެމެދުގެ ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުނަށެވެ. މީގެ އިތުރުން 55 އަހަރުން މަތީގެ މީހުންނަށް ވެސް މިއަދު ވެކްސިން ދޭނެ އެވެ.

ކޯވިޑް-19 ވެކްސިން ދިނުމުގައި ބަލާ ބަލިތައް:

– ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި މި ބައްޔަށް ފަރުވާކޮށް ނިމުނުތާ އަހަރެއް ހަމަނުވާ މީހުން

– ހަކުރު ބަލި ހުންނަ މީހުން

– ހިތުގެ ބަލިތައް ހުންނަ މީހުން

– ސްޓްރޯކެއް ޖެހިފައިވާ މީހުން

– އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުން (ބީ.އެމް.އައި 40ން މަތި މީހުން)

– ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީބާރު ދަށްވެފައިވާ މީހުން

– ކިޑްނީ ބަލީގެ ސްޓޭޖް 3 އަދި 4 ގެ ބަލިމީހުން

– ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަޙައްމަލުކުރަމުންދާ މީހުން

– ތެލެސީމިއާ މޭޖަރ/ސިކްލްސެލް އެނީމިއާ ހުންނަ މީހުން

– އެދުމަތިވެފައިވާ މީހުންނާއި އެމީހުން ބަލަހައްޓާ މީހުން

– މީގެ އިތުރުންވެސް، އެއްވެސް ބައްޔަކާއި ގުޅިގެން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުން

ވެކްސިން ޖަހަން އަންނައިރު، ދިގު މުއްދަތަށް ބޭސް ބޭނުންކުރާ މީހުން ބޭސް ސިޓީ ގެންނަންވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖޭގައި ކުރިއަށްދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން އިއްޔެގެ ނިޔަލަށް ވަނީ 27،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: