ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކުގެ ދެ ކްލަސްޓާ އިން 620 ކޮންޓެކްޓުން

އައްޑުއަތޮޅާއި ފުވައްމުލައް، ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ސިޓީގައި މިހާރު އޮތް ކޮވިޑް-19 ގެ ދެ ކްލަސްޓާ އިން 620 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފިއެވެ.

ފުވައްމުލަކުގައި އުފެދިފައިވާ އެއް ކްލަސްޓާ އަކީ ދުބާއީ އިން އައިސް ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހަކާއި ގުޅުންހުރި ކްލަސްޓާއެކެވެ. އެ ކްލަސްޓާ އިން 14 މީހަކު ޕޮޒިޓިވް ވެފައެވެ.

ފުވައްމުލަކުގައި އުފެދިފައިވާ އަނެއް ކްލަސްޓާ އިން ދެ މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އެ ދެ މީހުން ޕޮޒިޓިވް ވެފައިވަނީ އެ ރަށު ފްލޫ ކްލިނިކަށް ދެއްކުމުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ސީނިއަރ ކޮމިއުނިޓީ އޮފިސަރު އާމިނަތު އަހުމަދު ވިދާޅުވީ އިއްޔެ ފުވައްމުލަކުން އާ ކޭސްއެއް ފެނިފައި ނުވާ ކަމަށާއި އެންމެފަހުން ފެނުނު ދެ ކޭސް އާއި ގުޅިގެން އެކެއްގެ ކޮންޓެކްޓުންގެ ގޮތުގައި 61 މީހަކު އަދި އަނެއް ފަރާތުގެ ކޮންޓެކްޓުންގެ ގޮތުގައި 31 މީހަކު ފާހަގަވެފައިވާ ކަމަށެވެ.

މި އަދަދުތަކާއެކު ދެ ކްލަސްޓާގެ ކޮންޓެކްޓުންގެ އަދަދު 620 އަށް އަރާފައިވާ ކަމަށް އާމިނަތު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: