ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ މެޖިސްޓްރޭޓަކު މަސައްކަތް ކުރައްވާ ކޯޓު ބަދަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދެ މެޖިސްޓްރޭޓަކު މަސައްކަތް ކުރައްވާ ކޯޓު ބަދަލުކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމައިފިއެވެ.

އެގޮތުން މާރިޗު 14 އިންފެށިގެން ކ.ހުރާ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް ޝަކީބު ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަޤާމަށް ވަނީ ބަދަލުކޮށްފައެވެ. އަސި އޭޕްރީލް 11 އިންފެށިގެން ފ.މަގޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުއްސައްތާރު ސުލައިމާނު ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަޤާމަށް ވަނީ ބަދަލުކޮށްފައެވެ.

ޖޭއެސްސީން ބުނެފައިވަނީ މި މެޖިސްޓްރޭޓުން މަސައްކަތް ކުރައްވާ ކޯޓު ބަދަލުކުރުމަށް ނިންމީ ރަށްރަށުގެ އާބާދީ އަށާއި މައްސަލައިގެ ނިސްބަތަށް ބަލައި، މަދު މައްސަލަ ހުށަހެޅޭ މެޖިސްޓްރޭޓް ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަށް، އެ ޖުޑީޝަލް ދާއިރާގެ ތެރޭގައި ހިމެނޭ، މެޖިސްޓްރޭޓަކު ނެތް ކޯޓުތަކުގެ ތެރެއިން، ގިނައިން މައްސަލަ ހުށަހެޅޭ ކޯޓުތަކަށް ބަދަލުވުމަށް އެދިލެއްވުމުން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: