ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އައިސީޔޫގައި ފަރުވާދޭ ކޮންމެ ހަތް މީހަކުން ހަ މީހަކީ 50 އަހަރުން ދަށުގެ މީހުން“

އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް/ ފޮޓޯ: އެޗްއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން އައިސީޔޫގައި ފަރުވާދޭންޖެހޭ ޒުވާނުންގެ އަދަދު އިތުރުވަމުންދާ ކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިސްމާއިލް ވިދާޅުވީ މިފަހަކަށް އައިސް ކޮވިޑް ޖެހޭ ޒުވާން އުމުރުފުރައިގެ މީހުން ސީރިއަސް ހާލަތަކަށް ގޮސްގެން ފަރުވާދޭންޖެހޭ ހާލަތްތައް ގިނައިން ދިމާވަމުންދާ ކަމަށާއި އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ ހަތް މީހުންގެ ތެރެއިން ހަ މީހުންނަކީ 50 އަހަރުން ދަށުގެ މީހުން ކަމަށެވެ.

މި ބަލީގައި ހާލަތު ސީރިއަސް ވަމުން އަންނަނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ކަންވެސް ޑރ. މުހައްމަދު އިސްމާއިލް ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންކަމުން މިވަގުތު ލިބެން ހުރި ވެކްސިނެއް ޖެހުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް އިސްމާއިލް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ވެކްސިން ޖެހުމަކީ މި ބަލި ވީހާވެސް އަވަހަކަށް ކޮންޓްރޯލް ކުރުމަށް އެޅޭނެ އެއް ފިޔަވަޅުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން މި ބައްޔަށް ޕޮޒިޓިވްވާ މީހުން ކުޑަކުދިންގެ އަދަދު ވެސް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވާ 1600 އަށް ވުރެ ގިނަ ކުޑަކުދިން އެބަތިބި ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން ކޮވިޑަށް ފަރުވާ ދެމުންދާ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ ވަރަށް ގިނަ ފަރާތްތައް ވެސް ހިމެނޭކަން އިސްމާއިލް ފާހަގަކުރެއްވިއެވެ. އެގޮތުން އެފަދަ ފަރާތްތަކުން ބޭސް މެދުކަނޑާނުލާ ކުރިއަށް ގެންދިޔުމަށް ވެސް ވަނީ އެދިފައެވެ.

މީގެއިތުރުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް މި މަހުގެ ތެރޭގައި ވަނީ ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މަދުވެގެން ދެ ތިން މީހަކު އަންނަނީ މި ބަލީގައި މަރުވަމުންނެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 109 ގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: