ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ދާއިރާއަށް ހިދުމަތްކުރަމުން އަންނަ މީހުން ގާސިމަށް ދައްކަން ޖެެހޭ ހުރިހާ ލޯނެއް މާފުކޮށްދެއްވައިފި

ގާސިމް އިބްރާހިމް-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ވިލާ ފައުންޑޭޝަންގެ ބާނީ، ޤާސިމް އިބްރާހީމްގެ ލޯން އެހީގެ ދަށުން ނުވަތަ އެނޫންވެސް އެހީއެއްގައި ސިއްޙީ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރުންނަށް ލޯން މާފުކޮށްދެއްވައިފިއެވެ.

ގާސިމް ނެރުއްވި ބަޔާނެއްގައި ވަނީ ވިލާ ފައުންޑޭޝަންގެ ދަށުން ޤާސިމްގެ އެހީގައި ސިއްޙީ ދާއިރާއިން ކިޔަވަމުން އަންނަ އަދި ކިޔަވާ ނިމިފައިވާ އެއްވެސް މީހަކަށް އެއްވެސް މިންވަރެގެ ފައިސާގެ އެހީތެރިކަމެއް ލިބިފައި ވާނަމަ އެލިބިފައިވާ އެހީތެރިކަމުގެ ތެރެއިން އެއްވެސް މިންވަރެގެ ފައިސާއެއް ދެއްކުމަށް އެއްބަސްވެވި ވިލާފައުންޑޭޝަނައް ނުދެއްކި ވާނަމަ، އެ ނުދެއްކެވި  އޮތްމިންވަރެއްގެ ފައިސާ މާދަމާއިން ފެށިގެން މައާފްކޮށްދިނުމަށް ނިންމާފައިވާކަމަށެވެ. އަދި އެއީ ކިތަންމެ ބޮޑު ޢަދަދެއްގެ ފައިސާ ކަމައްވިޔަސް އަދި ކުޑަ އަދަދެއް ކަމައް ވީނަމަވެސްކަމަށް ބަޔާންކޮށްފައިވެއެވެ.

”ކޮރޯނާ ބަލިމަޑުކަމުގެ ސަބަބުން ވިލާ ފައުންޑޭޝަނަށާއި ވިލާ ކުންފުންޏަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަކަމުގައި ވިޔަސް، މި ދަނޑިވަޅަކީ މުޅި ދުނިޔެއަށާއި މި ދިވެހި ގައުމަށް ދިމާވެފައިވާ މިނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި މެޑިކަލް ދާއިރާގެ މުވައްޒަފުން ވަރަށް ބުރަކޮށް އަދި އެހައިމެ އަވަދިނެތި ވަރަށްގިނަ ވަގުތު މަސަތްކަތުގައި އުޅުއްވަން ޖެހިވަޑައިގެންފައި ވުމާއި، އިންސާނިއްޔަތަށްޓަކައި ކުރަން ޖެހިފައިވާ މިނުރައްކާތެރި، އެހެނަސް މަތިވެރި މި ހިދުމަތްތަކެއް ކެނޑިނޭޅި ކުރައްވަން ޖެހިވަޑައިގެންފައިވާ ދުވަސްވަރަކަށް ވާތީ، މިފައުންޑޭޝަނުން އަޅުގަނޑު ނިންމީ އިސްވެ ދެންނެވުނު ގޮތަށް ހަމަޖައްސައި އެކަން ތިޔަ އެންމެހައި ބޭފުޅުންނަށް ދެންނެވުމަށެވެ“ އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ގާސިމް ވަނީ މިއީ އެންމެން އެކަކު އަނެކަކަށް މަދަދުވެރިވެ ކެތްތެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކުރަންވީ ދުވަސް ކަމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 27%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: