ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސަތުތައް ހަދަންވާނީ ރައްޔިތުންގެ އަޑު އަހައިގެން: މުއިއްޒު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސަތުތައް ހަދަންވާނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށާއި ނޫނީ ރައްޔިތުން އުފުލަންޖެހޭ ބުރަ އިންތިހާއަށް ބޮޑުވެގެން ހިގައިދާނެ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ނިކަމެތި ރައްޔިތަކު އެ ބޭފުޅާއަށް ގުޅުއްވާ އުޅޭ ހާލަތު ބަޔާންކޮށްދިން ކަމަަށެވެ. މުއިއްޒު ވަނީ އެމީހާގެ ވާހަކަ ޓްވިޓާގައި ހިއްސާކޮށްފައެވެ.

”މިރޭ ވަރަށް ހިތްދަތިވެފަ، ނިކަމެތި ރައްޔިތަކު އަޅުގަނޑަށް ގުޅާލާފައި ބުނަނީ، ތިމަންނަގެ 5 ދަރިންނާއި، ބަލި މަންމައާއި، ތިމަންނަގެ އަންހެނުންނާއި ދިރިއުޅެނީ 10 ފޫޓު 12 ކޮޓަރިއެއްގައިކަމާއި، ނިދަނީ ޑިޔުޓީ ބަހައިގެންކަމާއި ނަމަވެސް ނަމާދުކޮށްލަން ކޮޓަރީގަ ޖާގަ ނެތުމުން. މިސްކިތަށްދިޔުމުން ފުލުހުން ހުއްޓުވާ ފޮނުވާލައިފިކަމަށް. ޖަމާޢަތް ހެދުން ހުއްޓުވަން ފުލުހުން މިސްކިތަށްވަދެ އެކަން ކުރަންވީނުންހޭ ތިމަންނަމެން ކަހަލަ، ނަމާދުކޮށްލަން އެއްވެސްޖާގަައެއް ގޭތެރޭގައި އަމުދުން މި ލޮކްޑައުން ޙާލަތުގައި ނެތް މީހުން ފަރުޟު އަޅުކަން އަދާކުރުމުންހޭ. .މަޙުރޫމް ކުރަންވީ. އޭނާ އަސަރާއެކު ސުވާލުކުރި. މީ މާލޭގެ ގިނަ ރައްޔިތުންގެ ޙާލަތު. ސިޔާސަތަކީ ރައްޔިތުންނަށްޓަކާ ހަދާ އެއްޗެއްކަމަށް ވަންޏާ ރައްޔިތުންގެ އަޑުއަހައިގެން އެ ސިޔާސަތެއް ހަދަންވާނީ. ނޫނީ ރައްޔިތުން އުފުލަންޖެހޭ ބުރަ އިންތިހާއަށް ބޮޑުވެގެން ހިގައިދާނެ. “ މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މިސްކިތްތައް ބަންދުކުރުމަށާއި، މިސްކިތްތަކުގެ ފާޚާނާއާއި އިސްކުރު ބަރިތައް ބަންދުކުރަން މާލެ ސިޓީ ކައުންސިލަށް ލޯކަލް ގަވަމެންޓު އޮތޯރިޓީން ވަނީ އަންގާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތީ ބޮޑު ޖޯކަރެއް! ބާބަޕާޕާ އެއް.
    މީގެ ތިންހަތަރު އަހަރު ކުރީގަ މީނަގެންގުޅުނު ސިޔާސަތުތައް ހެދީ މާލޭގެ ރައްޔިތުންގެ ޚިޔާލު އަހައިގެންބާ؟ ރައިއްޔަތުންނަށް އޭރު އުޅެން ނުޖެހުނު ޙާލަތެއްގަ މިހާރު އުޅެން ޖެހުނީބާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: