ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޅު މެދު އިނގިއްޔަކާއެކު އުޅެން އަޅުގަނޑު ނިންމައިފިން: ރައީސް ނަޝީދު

ރައީސް ނަޝީދުގެ ބޮލަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯއެއް/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކުގެ ބައެއް ތަފްސީލާއި މިހާރުގެ ހާލުކޮޅުގެ އަޕްޑޭޓެއް ދެއްވައިފިއެވެ.

އެމްޑީޕީގެ ހަރުގެ ހުޅުވުމަށް “ކްލަބް ހައުސް”ގައި ކުރިއަށް ގެންދިޔަ ފޯރަމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު އާންމުގޮތެެއްގައި ރަނގަޅު ކަމަށާއި އެތެރެ ހަށީގެ ގުނަވަންތައް ވެސް ރަނގަޅަށް މަސައްކަތް ކުރާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

“އެތެރެ ހަށީގެ ހުރިހާ ގުނަވަނެއް ޑޮކްޓަރުން ބުނަނީ ރަނގަޅު ކަމަށް. ފުއްޕާމޭ ރަނގަޅު. ބަނޑު ރަނގަޅު. ޗިސްމޭ ރަނގަޅު. މޭ ރަނގަޅު އަޅުގަނޑުގެ ގިނަ ގުނަވަންތައް ރަނގަޅު.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އަތާއި ފައިގައި މައްސަލަ އެބައުޅޭ ކަމަށާއި އެމަނިކުފާނުގެ ކަނާއަތުގެ ބޮޑުވައި އިނގިއްޔާއި ޝަހާދު އިނގިއްޔާއި މެދު އިނގިލި ހުންނަނީ އައްސިވެފައި ކަމަށެވެ.

”ޑޮކްޓަރު ބުނި މެދު އިނގިލި ބަޅުވެފައޭ އިންނާނީ. އޭނާ ބުނި އެހެން އޮޕަރޭޝަނެއް ކޮށްގެން [ރަނގަޅު ކުރެވޭތޯ] ބެލިދާނޭ. އަޅުގަނޑު ބުނިން 54 އަހަރޭ. ބަޅު މެދު އިނގިއްޔަކާއެކު ބާކީ އޮތް ދުވަސްތައް އުޅެން ނިންމައިފީމޭ.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ކަނާތު ކަންފަތަށް އަޑުއިވުމުގައި ދަތިތަކެއް އެބަހުރިކަމަށާއި އެ ކަންފަތުފެ ތޫރީގައި ދެ ލޯވަޅެއް އެބަހުރި ކަމަށެވެ. ނަމަވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި މުޅިން ރަނގަޅު ކުރުމަށް އަންނަ ނޮވެމްބަރު މަހު އިތުރު ސާޖަރީއެއް ހަދަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން އޭޑީކޭގައި ނަޝީދު ގިނަ ސާޖަރީތަކެއް ކޮށްފައިވާއިރު، އިތުރު ފަރުވާ އަށް މިދިޔަ މަހުގެ މެދުތެރޭ އެމަނިކުފާނުގެ ވަނީ ޖަރުމަނުވިލާތަށް ވަޑައިގެންފައެވެ. އަދި މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަރުވާ ހޯއްދަވަމުން ގެންދެވި ޖަރުމަނުވިލާތުގެ މިލިޓަރީ ހޮސްޕިޓަލުން ދޫކޮށްލެއްވި ނަމަވެސް ނަޝީދުގެ ފަރުވާގެ ކަންކަން އަދިވެސް ދަނީ ކުރިއަށެވެ.

އެގޮތުން ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ދާދިފަހުން އެމަނިކުފާނު ވަނީ ފައިގެ ދެ އޮޕަރޭޝަނެއް ވެސް ކުރައްވާފައެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ފަސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު، ފުލުހުން އަންނަނީ ބޭރުގެ މާހިރުންނާއެކު އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ހަމަލާއާ ގުޅިގެން ފުލުހުން އަންނަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ފަރާތްތަކާއި ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ. އަދި ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތައް ވެސް އަންނަނީ ހައްޔަރުކުރަމުންނެވެ.

 

ވަރަށް ގަދަ
5%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 55%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 27%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: