ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ”މަގޭ ހިޔާ“: ފްލެޓް ލިބުނު ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް!

ހިޔާ ފްލެޓާއި ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ޚާއްސަކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ޚާއްސަ ޕްރޮމޯޝަނެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓާއި ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ޚާއްސަކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ ޕްރޮމޯޝަންގެ ދަށުން ތަފާތު ތިން ޕެކޭޖެއްގެ ތެރެއިން ތަކެތި ބައްލަވައިތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. 15 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭ މި ޕެކޭޖްތަކަށް ނަން ދެވިފައިވަނީ ”ރިހި، ރަން، އަދި ހުދު ރަން“ އެވެ.

މި ޕްރޮމޯޝަން ނިމުމުން ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށްވެސް ފައިސާގެ އިނާމާއި ތަކެތީގެ އިނާމު ކަނޑައެޅިފައިވެ އެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާ، އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދެވޭއިރު ތިންވަނައަށް ހޮވޭ ފަރާތަށް ކަނޑައަޅާފައި ވަނީ 5،000 ރުފިޔާގެ ވައުޗާއެކެވެ. މި ވައުޗަގެ ބޭނުންކޮގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ތަކެތި ލިބިވަޑައިގަންނަވާނެ އެވެ.

”މި ޕްރޮމޯޝަންގަ ބައިވެރިވެވޭނެ މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ތަކެތި ނަންގަވާ ފަރާތްތަކަށްވެސް“ އެސްޓީއޯ

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ ތަކެތި ގެންގޮސްދިނުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފްލެޓް ލިބިފައިވާކަމުގެ ލިޔުން އަދި ފްލެޓް ލިބުނު ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: