ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުގެ ހުރުމަތް ކަނޑައިގެން ފުލުހުން 3000 ރުފިޔާއިން ޖޫރިމަނާ

ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހެއްގެ އަމަލުތައް ހުރި ގޮތުން ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި 3000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުންގެ އިދާރާ ޖުރިމަނާ ކޮށްފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާ ގެންގުޅުމާއި ބޭނުންކުރުމުގެ ތުހުމަތު ކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުގައި އިއްޔަ ބޭއްވި އަޑުއެހުމުގެ ތެރެއިންނެވެ.

ޝަރީއަތުގެ މަޖިލީހުގައި އޭނާ އެއްޗެއް ކަމުންދާ ކަން ފާހަގަ ކުރެވިގެން ގާޒީ ދީބާނާޒު ފަހްމީ ވަނީ އަނގަ ސާފު ކޮށްގެން ޝަރީއަތުގެ މަޖިލީހަށް އެނބުރި އައުމަށް އަންގަވާފަ އެވެ.

ގާޒީ އެގޮތަށް އެންގެވުމުން އޭނާ ބޭރަށް ނުކުމެ އަނގަ ސާފު ކުރުމަށް ފަހު އެނބުރި ޝަރީއަތުގެ މަޖިލީހަށް ވަދެ އެތަނުގައި އިރުކޮޅަކު އިނދެފައި ނުކުމެގެެން ދިޔައީ އެވެ. ނުކުންނަމުން ގާޒީގެ ހުއްދަ ހޯދާފައެއް ނުވެ އެވެ.

އެއާއެކު ގާޒީ ދީބާނާޒް ފަހުމީ ނިންމެވީ ފުލުސް މީހާ ޝަރީއަތުގެ ހުރުމަތް ކެނޑި ކަމަށެވެ. އަދި ތިން ހާސް ރުފިޔާއިން ފުލުހުންގެ މުއައްސަސާ ޖޫރިމަނާ ކުރުމަށް ވަނީ އަމަރުކުރައްވައިފަ އެވެ.

ޝަރީއަތުގެ މަޖިލިސް ފެށުމަށްފަހު، ގާޒީގެ ހުއްދައާ ނުލައި ގޮނޑިން ދެތުވެ، ކައިބޮއި ހަދައި ވާހަކަ ދެއްކުމަކީ ވެސް ވަގުތުން އަދަބު ކަނޑައެޅިގެންދާ ކުށްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރަނގަޅު. ބައެއް ފުލުހުންނަކީ ނިކަން ސައިޒު އޮޅިފައި ތިބޭ ބައެއް. މަގުމަތީގައި ރައްޔިތުން ކުރިމަތީގައި ފުއްޕާ ގޮތަށް ކޯޓުގައިވެެސް އުޅެވޭނެ ކަމަށް ހީކުރީ.. ރީތި ވެއްޖެއެއްނު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: