ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮންދަރިއަށް ޖިންސީ ގޯނާ ކުރި މީހަކު 32 އަހަރަށް ޖަލަށް

ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ސިޓީގައި ދޮންދަރިއަށް ޖިންސީ ގޯނާ ކުރި މީހަކަށް 32 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިމައްސަލާގައި ހުކުމްކޮށްފައިވަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ އަބްދުﷲ އަލީ މޫސާ އަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ، އެ މީހާގެ މައްޗަށް އުފުލި ހަތަރު ދައުވާ ސާބިތުވެފައިވާކަމަށާއި އެ ހަތަރު ދައުވާ އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެން 32 އަހަރާއި އެއް މަހާއި 27 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާކަމަށެވެ.

އަލީގެ މައްޗަށް އުފުލާފައި ވަނީ ކުޑަކުއްޖަކަށް އެމީހެއްގެ ޖިންސީ ގުނަވަނެއް ކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ކުށުގެ ދައުވާ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ މެއި 2019 އިން ފެށިގެން ޖުލައި 2020 ގެ ނިޔަލަށްކަމަށާއި، އެ މައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވަނީ ޖުލައި 2020 ގައި ކަމަށެވެ. އަދި އެ މައްސަލަ ޕީޖީން ކޯޓަށް ހުށަހަޅާފައިވަނީ އޮގަސްޓް 2020 ގައި ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: