ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެހިކަލް ޕާކިންއަށް 211 ޖާގައަށް ހުޅުވާލައިފި

ޕާކިން ސްލޮޓްތަކަށް އެދުމަށް ހުޅުވާލަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ ޕާކިން މައްސަލަ ހައްލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރުމަށް ނިންމި 450 ޕާކިން ސްލޮޓްގެ ތެރެއިން އަގު ނަގައިގެން، ހަތަރު ފުރޮޅުލީ ވެހިކަލް ޕާކް ކުރުމަށް 211 ޖާގައެއް ދޫކުރުމަށް ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކުލި ދައްކާގޮތަށް ޖާގަ ދޫކުރާނީ 350 ކިލޯގެ ޕިކަޕް އާއި ކާރު އަދި ވޭން އަށް ކަމަށެވެ. ސިޓީ ކައުންސިލުން ވަނީ 211 ޖާގައަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެ ޖާގަތަށް ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި ޖާގައިގެ އަދަދު ވެސް އާންމުކޮށްފަ އެވެ.

މާލެސިޓީން ޕާކިން ސްލޮޓް ދޫކުރަން ހަމަޖެހިފައިވާ ސަރަހައްދުތަކާއި އަދަދު:

  • މއ. ވައިދެރިހިނގުން (އަމީނީމަގާއި ކުރެދިގޯޅިއާއި ދެމެދު)- 44
  • މއ. ރާދަފަތިހިނގުން (އަމީނީމަގާއި ފަޅުމަތީމަގާއިދެމެދު)- 21
  • މއ. ކުރެދިގޯޅި- 10
  • މއ. ހުދުފަޅުހިނގުން- 8
  • މ. ހިލާލީމަގު އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީފަޅި- 20
  • މ. ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި (ސްޓޭޑިއަމް ފަޅީގައި)- 10
  • ސަލާޙުއްދީން ޕާކިން- 10
  • ހ. އާޓިފިޝަލް ބީޗް ޕާކިން (ޗައިނާ އެމްބަސީ ކުރިމަތީގައި) ހަމައެކަނި ޕްރައިވެޓް ކާރު ތަކަށް- 24
  • ހ. އަލިމަސް ކާނިވާ ސަރަހައްދުގައި- 6
  • ހ. ސަލްމާން މިސްކިތު ސަރަހައްދުގައި- 58

ސިޓީ ކައުންސިލުން 24 ޖާގަ އާޓިފިޝަލް ބީޗް ޕާކިން ހިމެނޭ ސަރަހައްދުން ޗައިނާ އެމްބަސީ ކުރިމަތިން ދިނުމަށް ވަނީ ނިންމާފަ އެވެ. އެ ޖާގަތައް ހާއްސަކޮށްފައި ވަނީ ޕްރައިވެޓް ކާރުތަކަށެވެ.

އަގުދީގެން ދޫކުރަން ނިންމާފައިވާ ޕާކިން ޒޯންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށެވެ. ޕާކިން ޒޯންތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާބެހޭ ބަޔަށް އެކަމަށް އެދި ސިޓީއާއިއެކު އައިޑީ ކާޑުގެ ކޮޕީ އާއި ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުއްވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ ޕާކިން ޒޯންގެ ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތަކުން ކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ގެއަކަށް ފިހާރައަކަށް ވަންނަން އަންނަ މީހަކަށް ވެހިކަލް ބާއްވާލަން ތަންކޮޅެއް ނުބާއްވާ މަގުތަކުގެ އަރިމަތި ތައް ވެސް ކުއްޔަށްދީ ނިންމާލާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: