ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު އެއްވެސް އިރެއްގައި ރައީސް ނަޝީދާ ޖައްސާލައިގެނެއް ނޫންޅެން: ރޮޒައިނާ

ރައީސް މުހައްމަދު ނަޝީދާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް---- ރޮޒެއިނާ ޕާޓީން ވަކި ކުރަން ހުށަހެޅުއްވީ ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދާ އެއްވެސް އިރެއްގައި ޖައްސާލައިގެނެއް ނޫޅެން ކަމަށް  އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައިވާއިރު މި ދުވަސްވަރަކީ އެމްޑީޕީގެ އެތެރޭގެ ބައިބައިވުމާއި ކޯޅުން ބޮޑުވެ އަދި ސަރުކާރަށް ވެސް އެ ޕާޓީގެ ބައެއް މެމްބަރުން ބަހުގެ ހަމަލާ ރައްދު ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ސަރުކާރަށާއި އަދި ކޯލިޝަންގެ ބައެއް ޕާޓީތަކަށް ފާޑު ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން، ރައީސް ނަޝީދު ފޮނުއްވި ޓެކްސްޓް މެސެޖެއްގައި ވަނީ ރޮޒައިނާ އަކީ މާ މުހިއްމު މީހެއް ނޫން ކަމަށެވެ. އަދި އެފަދަ ”ގަމާރަކަށް“ ރައްދު ދެއްވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ރޮޒައިނާ، އެމަނިކުފާނާ މާބޮޑަށް ޖައްސާލައިގެން އުޅޭތީ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ހުރިހާ ވާހަކައަކަށް އެއްބަސްވާން ނުޖެހޭ ކަމަށާއި އޭގެ މާނަ އަކީ ޖައްސާލައިގެން އުޅުން ކަމުގައި ވާނަ ޑިމޮކްރެސީއެއްގެ ބޭނުމެއް ނެތް ކަމަށެވެ.

”އަޅުގަނޑެއް ރައީސް ނަޝީދާ ޖައްސާލައިގެން އެއް އިރެއްގަވެސް ނޫޅެން. ނަޝީދާ ޖައްސާލަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން. އެއްވެސް ބެލުމެއް ނެތި އެ ދައްކަވާ ހުރިހާ ވާހަކަ އަކަށް އެއްބަހެއް ނުވެވޭނެ. ނަޝީދު ވިދާޅުވެފާނެ މިސާލަކަށް އެމްޑީޕީންް ސަރުކާރުން ވަކި ވާނިއްޔޭ. އެމްޑީޕީ މިހާރު މި ސަރުކާރަށް ތާއީދެއް ނުކުރަމޭ. އެމްޑީޕީ ގައުމީ މަޖިލީހާ މަޝްވަރާ ނުކޮށް އަމިއްލަފުޅަށް މިކަހަލަ ބޮޑެތި ވާހަކަފުޅުތައް އެއީ ޕާޓީގެ ނިންމުން ކަމުގަ ދޭހަވާ ގޮތަށް ވިދާޅުވެވޭނެ ކަމަކަށްވެސް ގަބޫލެއް ނުކުރަން،“ ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ސޯސަލް މީޑިއާގައި ބުލީ ކުރުމަކީ މިހާރު ވަރަށް އާންމު ކަމަށާއި ކިތަންމެ ވަރަކަށް ބުލީ ކުރިޔަސް ބުނަން ބޭނުންވާ އެއްޗެއް ބުނާނެ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ޕާޓީން ކަނޑާލާނެ ކަމަށް ބުނެ ގިނަ ބަޔަކު ކޮމެންޓްކުރާ ކަމަށާއި

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: