ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްއޫދަށް ހަމަލަދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލަދިން ކަމުގެ ތުހުމަގުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ފޮނަދޫގައި ރޭ ދަގަނޑުބުރިއެއް ބޭނުން ކޮށްގެން މީހަކަށް ހަމަލާދީ، މާރާމާރީ ހިންގާފައިވާ މައްސަލައެއް ރޭ 21:13 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށަވެ.

މާރާމާރީއާ ގުޅިގެން ރޭ ދަންވަރު 02:18 ހާއިރު ކޯޓު އަމުރެއްގެ ދަށުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މާރާމާރީގައި އަނިޔާވީ 35 އަަރުގެ މީހެއް ކަމަށާ އޭނާއަށް ފޮނަދޫ ހެލްތު ސެންޓަރުން ވަނީ ފަރުވާ ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ލ. ފޮނަދޫގައި ދިރިއުޅުއްވަމުން ގެންދަވާ މަސްއޫދު، ރޭ އިރާކޮޅު އަނބިކަބަލުންނާ އެކު ސައިކަލްގައި ދުއްވާފައި ދަނިކޮށް ފަހަތުން އައި މީހަކު ދަގަނޑުބުރިއަކުން ހަމަލާދޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: