ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްއޫދަށް ހަމަލާދިން މީހާ ދޫކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިއެފްއެމް ކުރީގެ ސިއިއޯ މަސްއޫދު ހިލްމީއަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި އެވެ.

މަސްއޫދުއަށް ހަމަލާދީފައި ވަނީ ލ. ފޮނަދޫގައި އޭނާގެ އަންހެންނުނާއި އެކު ސައިކަލް ދުއްވަމުން ދަނިކޮށް ދަގަނޑު ބުރިއަކުންނެވެ.

އެ މައްސަލަ އެ ރޭ 9:13 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާއިރު ތުހުމަތުކުރެވޭ މީހާ، ވަނީ އެ ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މައްސަލައިގައި އޭނާގެ ބަންދަށް ފޮނަދޫ ކޯޓުން ވަނީ މީގެ ކުރިން ހަތް ދުވަސް ޖަހައިފައެވެ. އެ މުއްދަތު މިއަދު ހަމަވުމާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއެކު ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަސްއޫދު މީޑިޔާތަކަށް އޭރު ވިދާޅުވީ ހަމަލާދިން މީހާ މަސައްކަތްކޮށްފައި ވަނީ އޭނާގެ ބޮލަށް ހަމަލާދިނުމަށް ކަމަށާއި އެހެންނަމަވެސް އަތް ހިއްލާލެވުމުން ހަމަލާ ޒަހަމްވެފައި ވަނީ އަތަށް ކަމަށެވެ.

މަސްްއޫދަަށް ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އެރޭ ވަނީ ގަން ރީޖަންލް ހޮސްޕިޓަލުން ފަރުވާ ވެސްހޯދާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: