ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް އަދި ގުރުއާން މާއްދާގެ ފޮތްތައް ރިވިއުކުރަން ފަށައިފި

ސަންގުއަށް ބެލެނިވެރިއަކު ފޮނުވާފައިވާ ފޮޓޮއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަންގެ ބޭފުޅުން ނުހިމެނޭ މިނިވަން ފަންނީ ޓީމަކުން އިސްލާމް ފޮތާއި ޤުރުއާން މާއްދާގެ ހުރިހާ ފޮތްތަކެއް ރިވިއު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެއިންސްޓިޓިއުޓުން ހާމަކުރައްވައިފިއެވެ.

އެންއައިއީން އެގޮތަށް ނިންމާފައި މިވަނީ ”ތަދުރީސުލްގުރުއާން“ ގުރޭޑް އެކެއްގެ ދަރިވަރުންގެ ފޮތުގެ ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ މައްސަލައެއް ފާހަގަވުމުންނެވެ.

އެންއައިއީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އަލަށް ތައާރަފުކުރި ތަދުރީސުލްގުރުއާން ގުރޭޑް އެކެއްގެ ދަރިވަރުންގެ ފޮތުގެ އިތުރުން ކުރީގައި އެކުލަވާލާފައިވާ އެހެން ބައެއް ގުރޭޑުތަކުގެ އިސްލާމް ފޮތާއި ގުރުއާން ފޮތްތަކުގައި ކުށް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ކުށްތަކާ އެކު ފޮތް ޝާއިއުކުރެވެން ދިމާވި ގޮތް ދެނެގަނެ، އެފަދަ ކުށެއް ތަކުރާރުވިޔަ ނުދިނުމަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.

އެގޮތުން އެންއައިއީގެ މުވައްޒަފުން ނުހިމެނޭ މިނިވަން ކޮމިޓީއަކުން އިސްލާމް އަދި ގުރުއާންގެ ހުރިހާ ފޮތްތަކެއް ރިވިއުކޮށް، އެ މަސައްކަތުގެ ތެރެއިން ފާހަގަކުރެވޭ ކުށްތައް އިސްލާހު ކުރުމަށް އެ ވަގުތަކު ސްކޫލުތަކަށް ދޭންޖެހޭ އިރުޝާދު ދެމުން ގެންދާނެ ކަމަށް އެންއައިއީ އިން ބުންޏެވެ.

އެންއައިއީ އިން ވަނީ ތަދުރީސުލްގުރުއާން ފޮތް ބޭނުން ކުރާއިރު، ގުރުއާނުގައި އޮންނަ ގޮތަށް ކިޔަވައިދިނުމަށް އެދިފައެވެ. އަދި މައްސަލަ ފާހަގަވެފައިވާ ސަފުހާ އޮންނަންވީ ގޮތް ސާކިއުލާއާ އެކު ސްކޫލުތަކަށް ފޮނުވާފައިވާ ކަމަށާއި އިސްލާހުކޮށްފައިވާ ސަފުހާ ދަރިވަރުންގެ ފޮތްތަކުގައި ތަތްކުރުމަށްވެސް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: