މަޖިލިސްގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޑައި ގަންނަވާ ވަޒީރުންނަށް، 14 ދުވަހުގެ ނޯޓިސްއެއް ލިބޭއިރު، ދުރާލައި ސުވާލުތަކަށް ޖަވާބުދެއްވުމަށް ތައްޔާރުވެގެން މަޖިލީހަށް ވަޑައި ގެންނެވުމަށް މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިވާ މިފަދައިން ވިދާޅުވެފައިވަނީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުކޮށް އަސްލަމް އަށް މެމްބަރުންގެ ސުވާލުތަކަށް އެދެވޭ ޖަވާބު ނުދޭ ކަމަށް މެމްބަރުން ވިދާޅުވުމާ ގުޅިގެންނެވެ.
އަސްލަމްއާ ސުވާލު ކުރެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުالله ޝަހީމް ޢަބްދުލްޙަކީމް އެވެ. އޭނާ އަސްލަމާ ކުރެއްވި ސުވާލަކީ ށ.ފޭދޫ، ބިލެތްފަހި، ގޮއިދޫ، އަދި ނޫމަރ ގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯ އާއި އަދި އެކަމުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނީ ކިހާތާކުތޯ އެވެ.
ނަމަވެސް މިސުވާލުތަކަށް އަސްލަމަށް އެހާ ފުރިހަމައަށް ޖަވާބެއް ދެއްވިފައި ނުވެއެވެ.
މިކަމާ ގުޅިގެން އިވާ ވިދާޅުވީ މަޖިލިސްގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޑައި ގަންނަވާ ވަޒީރުންނަށް 14 ދުވަހުގެ ނޯޓިސްއެއް ލިބޭނެކަމަށެވެ. އެ 14 ދުވަސް ހަމަވެ، ވަޒީރަކު މަޖިލީހަށް ހާޒިރުވާއިރު މެމްބަރުން ކުރާ ސުވާލުތަކަށް ޖަވާބު ދެވެން ޖެހޭނެ ކަމަށެވެ. މެމްބަރުން ދިޔައީ މަޖިލީހަށް ވަޑައިގެން ޒިންމާދާރުކަން ކުޑަކޮށް ޖަވާބު ދެއްވުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

