ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި، ބޭރުތޮށިލުމުގެ މަސައްކަތްތައް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މަނަދޫ ބަނދަރުގެ އާ ނެރު ފުންކުރުމާއި، ބޭރުތޮށިލުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ނ.މަނަދޫ އައު ނެރު ފުންކުރުމާއި، ބޭރުތޮށިލުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށީ މި މަހުގެ 24 ވަނަ ދުވަހުގައި ކަމަށެވެ.

މި މަޝްރޫޢަކީ 29.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން 29،038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރަން ހަމަޖެހިފައިވާއިރު، 195 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ހަމައެހެންމެ 188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި، ކޮންކްރީޓް ބްރިޖެއް އެޅުމުގެ އިތުރުން ރޭމްޕެއް ހެދުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: