ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާ ދޫކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށާއި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒު ތެރެއަށް ކުޑަކަމުދިޔަ މ. ޝޭޑީހޯމް، ހަސަން ޒިޔާދު ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ދެ މިސްކިތަކަށް ކުޑަ ކަމުދިޔަ މީހާ މިމަހުގެ 25 ވަނަ ދުވަހު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އާދީއްތަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާ ވަނީ މިމަހުގެ ތިން ވަނަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި މީހުން މަޣުރިބު ނަމާދަށް ތިއްބާ އިމާމާގެ ކުރިމައްޗަށް އަރައި ކުޑަކަމު ގޮސްފައި ކަމަށް މަންޒަރު ދުއްމީހުން ބުނެފައި ވެއެވެ. އަދި ރައީސް އޮފީސް ކުރިމަށްޗަށް ކުޑަކަމުދިޔަ މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަ މީޑިއާގައިވަނީ އާންމު ވެފައެވެ.

އޭނާގެ ބަންދުގެ މުއްދަތު މީގެ ކުރިން ތިން ފަހަރަކު ވަނީ އިތުރު ކޮށްފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: