ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަދޮރެއް ހަލާކުކޮށްލައިގެން ގެއަކުން ވައްކަންކުރި ދެމީހަކު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ގެއެއްގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ގެއަކުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، އެ ދެމީހުންނަކީ 2021 އޮކްޓޫބަރު 18 ވަނަ ދުވަހުގެ ވަގުތެއްގައި ހެންވޭރު ގެއެއްގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ދެ މީހުންކަމަށެވެ.

މި މައްސަލައިގައި ތުހުމަތުވާ ދެމީހުންގެ ވީޑިއޯއެއްވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ.

މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 501639 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: