ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަން ކޮންޓްރޯލަރ ހަނަފީގެ ސައިކަލަށް ގެއްލުންދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން (ހަނަފީ)ގެ ސައިކަލަށް ބަޔަކު ގެއްލުންދީފިއެވެ.

ސައިލަށް ދީފައި ގެއްލުންތަކުގެ ފޮޓޯއާއިއެކު ކުރެއްވި ޓުވީޓެއްގައި ހަނަފީ ވިދާޅުވީ ކޮންމެ މީހަކީވެސް ހަގީގަތާއި ކުރިމަތިލާން ކެރުމުގެ ހިތްވަރު ހުރި މީހަކަށް ވާންޖެހޭނެކަމަށާއި ހަސަދަވެރިކަން އިސްކޮށް، ގެދޮރާއި، މުދަލަށް ގެއްލުންދޭ ހިސާބަށް ދިއުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށެވެ.

އޭނާ ވިދާޅުވީ އޭނާގެ ވަޒީފާއާއި، ކުރާ ކޮންމެ ކަމެއްކުރާނީ ޕްރޮފެޝަނަލް ކަމާއިއެކު ޤައުމަށް އެންމެ ފައިދާހުރި ގޮތަކަށް ކަމުގައެވެ. އަމިއްލަ ފައިދާ އެއްފަރާތްކޮށް، ޤައުމަށާއި، ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ނޫނީ އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް ހަނަފީ ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަންގެ އޮފިޝަލުންތަކަކާ ހަވާލާދީ މީޑިއާއެއްގައި ދާދި ފަހުން ރިޕޯޓު ކޮށްފައިވާ ގޮތުން، ހަނަފީ ގެންދަވަނީ މުވައްޒަފުން މަސައްކަތްކުރާ ތަން، އެއްވެސް އެއްޗެއް ނާންގައި ކުއްލިގޮތަކަށް ބަދަލުކުރަމުންނެވެ. އެގޮތުން ތަނުގެ އެންމެ ސީނިއާ މުވައްޒަފުން ބައެއް ޒިންމާތަކުން ދުރުކޮށް، އަތޮޅުތެރޭގެ ބައެއް ޔުނިޓުތަކަށް ބަދަލުކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: