ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޔޫގެ މެރިޓައިމް ސަވައިވަލް ސެންޓަރު އަޅަން އެމްޓީސީސީ އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެރިޓައިމް ސަވައިވަލް ސެންޓަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

މިއަދު އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ.

މި މަސައްކަތުގެ ދަށުން ޝީޓް ޕައިލްކޮށްފައިވާ 1200 ކިޔުބިކް މީޓަރުގެ ލޭންޑް ފިލްކުރުމާއި 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމާއި 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރިޓް ގާ ޖެއްސުމުގެ އިތުރުން 4.2 މީޓަރުގެ ދިގުމިނުގެ 6.4 މީޓަރުގެ ފުޅާމިނުގެ ރޭންޕެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

އޭގެ އިތުރުން ވާ އައްސާ މޫރިން ބޮލާޑް ހަރުކުރުމުގެ މަސައްކަތާއި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޖުމުލަ 4.59 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: