ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކ. ގުރައިދޫން ބިޔަރު ދަޅުތަކެއް އަތުލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްްކަތްތަކުގެ ތެރެއިން، ކ. ގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގައި ބިޔަރު ދަޅުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފިއެވެ.

ފުލުހުން ބުނީ އެތަކެތި ހޯދާފައިވަނީ ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 28 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނެއްގައި ކަމަަށެވެ.

އެގޮތުން، އެ ރަށުގެ ހުސްބިމެއް ބަލައި ފާސްކޮށް ގޯނިތަކެއްގައި ފޮރުވާފައިހުރި 177 ބިޔަރު ދަޅު ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މި މައްސަލައާ ގުޅިގެން މިހާތަަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށެވެ.

ގުރައިދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: