ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ރަށަކުން އޮމިކްރޮން ވޭރިއަންޓްގެ ކޭސްތަކެއް ފެނިއްޖެ

ކޮވިޑަށް އިތުރު 242 މީހުން ޕޮޒިޓިވްވެ، 93،410 މީހުން ބަލިން ރަނގަޅު ވެއްޖެ / އެޑިޝަން އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އިތުރުން ކ. މާފުއްޓާއި، ދ. ކުޑަހުވަދޫން ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓް ފެނިއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް މާހިރު ވިދާޅުވީ މިހާރު ކޮވިޑް-19 އިތުރުވަމުން އަންނަނީ އޮމިކްރޮންގެ ސަބަބުން ކަމަށެވެ.

މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކު ވެސް އޮމިކްރޮން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޑރ.ޝާހް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މި ހަފްތާގައި ހަތް ދިވެއްސަކު އޮމިކްރޯންއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އަދި މިދިޔަ ހަފްތާގައިވެސް ދިވެއްސެއް އޮމިކްރޯންއަށް ޕޮޒިޓިވް ވެފައިވާކަމަށާއި، އެހެންކަމުން ޑެލްޓާ ވޭރިއަންޓަށް ވުރެވެސް ބާރަށް އޮމިކުރޯން ފެތުރެމުން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޑެލްޓާގައި ކޭސްތައް ބޮޑަށް ފެނުނީ މާލެއިން ނަމަވެސް އޮމިކްރޯންގެ ކޭސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނާނެކަމަށް ބެލެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: