ޔޫތު މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އަށް އިއްވި ޖަލު ހުކުމާއެކު އޭނާ މަގާމުން ވަކިކޮށްފިއެވެ.
ޖިންސީ ކުށުގެ ދައުވާތަކެއް ލިބޭ ކުރީގެ ޓޫރިޒަމް މިނިސްޓާރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، އަސްހަދު އަލީ 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިއަދުއެވެ.
ރައީސް އޮފީހުން ވަނީ މިއަދުގެ ހުކުމާއެކު އަޝްހަދު އަލީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން ވަކިކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު އަޑުބަރޭ ހުންނެވީ ރަސްމީ ދަތުރެއްގައި ށ. އަތޮޅުގައެވެ.

