ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޑުބަރޭ ރާއްޖެ އައިސް ކަރެކްޝަނާ ހަވާލުވެެއްޖެ

ޔޫތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް އައްސަދު އަލީ (އަޑުބަރޭ): ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ މިއަދު އެނބުރި ރާއްޖެ އައުމާއެކު ހުކުމް ތަންފީޒުކުރަން ޖަލަށް ގެންގޮސްފި އެވެ.

ކަރެކްޝަނުން ވަނީ އަޑުބަރޭ 15 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ތަންފީޒުކުރަން ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ. ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދުނީ ހުކުމް ތަންފީޒު ކުރަން ބެލިއިރު އަސްއަދު ހުރި ތަނެއް އެ އިދާރާ އަށް ނޭނގުމުންނެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ އަޑުބަރޭ މިއަދު ރާއްޖެ އައުމާއެކު އެއާޕޯޓުން ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އަޑުބަރޭގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޖާމިނުވެ، އެ ޖާމިނުވި އެއްބަސްވުމާ އެއްގޮތަށް އަލީ ވަހީދު ރާއްޖެ ގެނެސްދީފައި ނުވާތީ އެވެ. މި ހުކުމް އަޑުބަރޭ އަށް ކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

އެ ހުކުމް އަޑުބަރޭ އަށް އިއްވުމުން އޭނާ އަދާކުރަމުންދިޔަ މަގާމުން ވަނީ ވަކިކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: