ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އިންޑިއާ އައުޓް“ ހަރަކާތަކީ ރައީސް ޔާމީންގެ ގައުމީ މަސައްކަތެއް: ހިސްޓޯ

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދާއި ރައީސް ޔާމީން/ ފޮޓޯ: ވޮއިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި ކުރިޔަށް ގެންދާ އިންޑިޔާ އައުޓް ކެމްޕެއިނުގެ މަސައްކަތަކީ، ޤައުމާއި ރައްޠިތުންގެ ސަލާމަތާއި ރަށްކާތެރިކަމަށް ކުރާ މަސައްކަތެއްކަމަށް ޕީޕީއެމް ކައުންސިލް މެންބަރު ސިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

ޝިފާގު މިހެން ވިދާޅުވީ، ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އިދިކޮޅުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ އިންޑިއާ އައުޓަކީ، އެއްވެސް ގޮތަކަށް އެ ގައުމުގެ ރައްޔިތުންނަށް އަމާޒުކޮށް ކުރިޔަށް ގެންދާ ހަރަކާތެއް ނޫންކަން ފާހަގަކޮށް ޝިފާގު ވިދާޅުވީ މިއީ ޤައުމުދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން ޤައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށްޓަކައި ރައީސް ޔާމީން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި މީގެ އެންމެ ބޮޑު އެއް ބޭނުމަކީ އެހެން ގައުމެއްގެ މިލިޓަރީއަށް ރާއްޖޭގެ ފަސްގަނޑުން ޖާގައެއް ނެތްކަން އަންގައިދިނުން ކަމަށް ވިދާޅުވި އެވެ.

”އިންޑިޔާ އައުޓް ހަރަކާތަކީ އެއްވެސް ހާލެއްގައި އިންޑިޔާއާއި ދޭތެރޭ ނަފްތަރު އުފެއްދުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ނޫން. އިންޑިޔާ އައުޓޭ މިކިޔާ ކިޔުމަކީ އެއީ އިންޑިޔާގެ އަސްކަރިއްޔާ މިތަނުން ބޭރުވާށޭ ބުނުމުގެ ގޮތުން ބޭނުންކުރެވޭ ސްލޯގަންއެއް. އޭގެ ލިޓަރަލް މާނައިގަ ނުވަތަ އޭގެ ލަފްޒީ މީނިންގުގަ ނުވަތަ ލަފްޒީ ތަރުޖަމާގަ މިއަދުގެ ކޮމިޝަނާއޮފް ޕޮލިސްއާއި ހޯމް މިނިސްޓަރާ ދެން ތިބި ބޭފުޅުން ރައްޔިތުންގެ މަޖިލީހާއި އެތައްމިތާނގަ މި ވާހަކަތައް މި ދައްކަނީ“ ޝިފާގު

ސަރުކާރުގެ އެތެރޭގައި ބާރު އޮތް ހެން ހީވިޔަސް، ރައްޔިތުންގެ އަޑު ކަމަށްވާ ”އިންޑިޔާ އައުޓް“ ގެ އަޑު ކަނޑުވައި ނުލެވޭނެކަމަށާއި، މި ސަރުކާރުން ރައީސް ޔާމިންގެ ޝަރީއަތަށް ބިރު ދައްކާ ނުފޫޒު ފޯރުވިޔަސް ހުއްޓުމެއް ނެތި ހަރަކާތްތައް ކުރިޔަށް ގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ޝިފާގު ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތުގެ މަގްސަދާއި، އޭގެ ބޭނުން މި ސަރުކާރުން އޮޅިވާލަމުން ގެންދާކަމަށެވެ. އެކަމުގައި އެންމެ އިސްކޮށް ތިބި ބައެއްގެ ގޮތުގައި ޝިފާގު ވިދާޅުވީ، ހޯމް މިނިސްޓަރު އިމްރާނާއި ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ޝިފާގު ވިދާޅުވީ ރައީސް ޔާމީން ގައުމުގެ ދިފާއުގައި ނިކުންނެވީސުރެ، އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މިފަދަ ކިތަންމެ ނުފޫޒެއް ފޯރުވިޔަސް، ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާ ނުލާނެކަމަށް ޝިފާގު ވަނީ ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުން މިނިވަންވެވަޑައިގަތުމަށް ފަހު، ރައީސް ޔާމީން ގެންދަވަނީ އިންޑިއާ އައުޓް ހަރަކާތްތައް ރާއްޖޭގެ ރަށްތަކުގައި ހިންގަވަމުންނެވެ. އަދި މި ހަރަކާތްތައް އިތުރަށް ފުޅާ ކުރާނެކަން ފާހަގަކޮށް، ރައީސް ޔާމީން ގެންދަވަނީ ރާއްޖެއާއި އެ ގައުމާއި ދެމެދު ވެފައިވާ ސިއްރު އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: