ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ހުޅުވުން: މިނިސްޓަރ

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް/ ފޮޓޯ: ކްލިކް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ރިޒޯޓު ހުޅުވުންކަމަށް ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީދޫ ދާއިރާގެ މެމްބަރު ވަނީ އައްޑޫގެ ރިޒޯޓުތައް ހުޅުވޭނީ ކިހާތާކުތޯ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވަނީ މިހާރު ކެނެރީފް ރިޒޯޓް ހުޅުވިފައިވާ ކަމަށާއި އަދި މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ރިޒޯޓުވެސް ހުޅުވޭނެކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ކެނެރީފް ރިޒޯޓް ހުޅުވަން ޖެނުއަރީ 13ގައި ހުއްދަ ދީފައިވާ ކަމަށެވެ. އަދި މިވަގުތު ރިޒޯތް ހުޅުވިފައިވީނަމަވެސް ފުރިހަމައަށް އޮޕަރޭޝަނަށް ނުގެނެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ރިޒޯޓް ހުޅުވުމަށް ސަރުކާރާއި އިކޮނޮމިކް މިނިސްޓްރީ އަދި ސިޓީ ކައުންސިލާއި އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ޕްރައިވެޓްސެކްޓަރއިން ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް ރިޒޯޓެއް ހުޅުވުމަކުން ފުރިހަމަ ފައިދާ ނުލިބޭކަމަށާއި ކެނެރީފް ރިޒޯޓް އަދި ރަނގަޅަށް އޮޕަރޭޝަނަށް ނުގެނެވޭކަން ފާހަގަކުރެއްވިއެވެ. 500އަށްވުރެ ގިނަ އެނދު ހުންނަ ކެނެރީފް ރިޒޯޓުގެ މަސައްކަތް ރަނގަޅަށް އޮޕަރޭޝަނަށް ގެނެވުމުން ނޫނީ އެކަމުން އައްޑޫ ސިޓީއަށް ފައިދާނުކުރާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން 204 އެނދުގެ ޝަންގްރިއްލާވެސް މިއަހަރު ނިމުމުގެ ކުރިން ހުޅުވޭނެކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ރިޒޯޓުތަކާއި ޚިލާފަށް ޝަންގްރިއްލާ ރިޒޯޓުގައި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ  އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ލޮސް ފައިނޭންސް ކުރުމަށް ދޭ ލޯނުގައި ބައިވެރިވާންޖެހޭކަން ފާހަގަކުރައްވާފައެވެ.

”އެ ކުންފުންޏަށް ދައުލަތުން 68 މިލިއަން ރުފިޔާ ދޭންޖެހޭ“ މިނިސްޓަރ 

ގިނަ ދުވަސްތަކެއް ވަންދެން އެރިޒޯޓުން ދައުލަތަށް އެއްޗެއް ނުލިބި އޮތުމުގެ ސަބަބުން ސަރުކާރުން ބޭނުންވަނީ ސަރުކާރުގެ ހިއްސާ ކުންފުންޏަށް ދޫކޮށްލުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޓޫރިޒްމް ގާނޫނުގެ ދެވަނަ އިސްލާހަށް ގެނައި އިސްލާހުގެ އެހީގައި އެކަމަށް ފޯމިޔުލާއެއް ލިބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ރަށުގެ ސައިޒް ބޮޑުވުމުން 80 މިލިއަނެއްހާ ރުފިޔާ ދައްކަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ،

އެހެންކަމުން މިހާރު ވިސްނުން އޮތީ ޓޫރިޒްމް ގާނޫނަށް 11 ވަނަ އިސްލާހެއް ހުށައަޅައި އެހިއްސާ އެކުންފުންޏަށް ގަނެވޭ ގޮތް ހެދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަމާޒަކީ ކުރަން ޖެހޭ މަރާމާތުތައްކޮށް މިއަހަރަކީ ފަތުރުވެރިކަމުގެ ރަން އަހަރަށް ވާތީ ޝަންގްރިއްލާ ވީހާވެސް އަވަހަކަށް ހުޅުވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: