ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލްމާން މިސްކިތް ރޯދަ މަހަށް ހުޅުވަނީ!

ކިންގް ސަލްމާން މިސްކިތް
ޝެއާރކޮށްލާ ކަހަލަދޯ؟

ސައުދީ އަރައްބިއްޔާގެ ރަސްގެފާނުގެ ހަރަދުގައި މާލޭގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް މިއަހަރުގެ ރޯދަމަހު ހުޅުވާނެ ކަމުގައި ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ ރޯދަ މަހު ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށެވެ.

މީގެ އިތުރުން ސަލްމާން މިސްކިތަކަށް މުވައްޒަފުން ނެގުމަށް އިސްލާމިކް މިނިސްޓްރީން ހުސްވި ޖަނަވަރީ މަހު އިއުލާނު ވެސް ކުރި އެވެ.

ކިންގް ސަލްމާން މިސްކިތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުގައި ހަދަން ފަށައި މަސައްކަތުގެ ބޮޑުބައި ނިންމާފައިވާ މިސްކިތެއްކަން ފާހަގަކޮށްލެވޭއިރު މިސްކިތް ހުޅުވުމަށް އެކިފަހަރު މަތިން ތަފާތު އެކި ތާރީހުތައް ސަރުކާރުން ހިއްސާކުރި އެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވާނީ މިސްކިތަށް ބޭނުންވާ ބަޖެޓު ހަމަޖެހިގެން ކަމުގައި އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހޭނެކަމަށް ފިނޭންސްއިން ވަނީ ބުނެފަ އެވެ.

މިސްކިތުގައި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ކްލާސް ރޫމްތަކާއި ސެމިނާ ރޫމްތައް ވެސް ހިމެނެއެވެ.

މި މިސްކިތުގައި މާބުލް ޖަހާފައިވާ ސަރަހައްދާ އެކު ޖުމްލަ 10،000 މީހުންނަށް އެއްފަހަރާ ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭނެއެވެ. މިސްކިތުގެ ބޭރުގައި 6000 މީހުންގެ ޖާގަ އޮވެ އެވެ. ފުރަތަމަ އަދި ދެވަނަ ފްލޯގައި އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވެ އެވެ. މިސްކިތުގެ ދެވަނަ ފްލޯ ހާއްސަ ވަނީ އަންހެނުންނަށެވެ. އަންހެނުންނަށް ހާއްސަ ފާހާނަ ބަރިތަކާއި ވަކިން އެ ފްލޯއަށް އެރޭ ގޮތައް ވަނީ ހަދައިފަ އެވެ.

ކިންގް ސަލްމާން މިސްކިތަކީ އިސްލާމީ މަރުކަޒެއްގެ ގޮތުގައި ރާއްޖޭގައި އަޅާ ދެވަނަ މިސްކިތަށް ވެގެންދާނެ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ތުރުކީ ވިލާތުގެ ކުންފުންޏެއް ކަމަށްވާ ޓަރމެކްސް އާއި ހަވާލުކުރެވިފައި ވަނީ 2020 ވަނަ އަހަރުކަންވެސް ފާހަގަކޮށްލެވެއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: