ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮޅިވަރަމް ދާއިރާ ބާކީކޮށްލަނީ އެމްޑީޕީއަށް ގޮނޑި ނުލިބުމުން: މޮސްޓާ

ނޮޅިވަަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު(މޮސްޓާ).
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުން ނޮޅިވަރަމް ދާއިރާ ބާކީކޮށްލާފައިވަނީ އެމްޑީޕީއަށް އެދާއިރާގެ ގޮނޑި ނުލިބުމުންކަމަށް ނޮޅިވަރަން ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ނައިފަރުގައި ހުންނަ މަދަރްސަތުލް އިފްތިތާހަށް ސަރުކާރުން އިހުމާލުވެފައިވާކަމަށް ބުނެ ގަރާރެއް ހުށައަޅުއްވާފައެވެ. ގަރާރާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައި އެމްޑީޕީގެ މެމްބަރުން ވަނީ މިސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑެތި ހޭދަތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވައި ގަރާރާއި މެދު ނުރުހުން ފާޅުކުރައްވާފައެވެ.

އެމްޑީޕީ މެމްބަރުންގެ ވާހަކައިގައި މިސަރުކާރަކީ ތައުލީމަށް ލޯބިކުރާ ސަރުކާރެއްކަމަށް ވިދާޅުވުމުން މެމްބަރު މޮސްޓާ ވަނީ ތައުލީމުދެކެ ލޯބިވާ ސަރުކާރެއްގައި ސްކޫލްތަކުގައި އެސީ ޝެއަރ ކުރަން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް އިންނަ ކޮޓަރީގެ އޭސީ އަކީ ޝެއަރ ކޮށްގެން ގެންގުޅޭ އެއްޗެއްކަމަށް މޮސްޓާ ވިދާޅުވިއެވެ.

މެމްބަރު މޮސްޓާގެ ވާހަކައިގެ މެދުތެރެއިން އެމްޑީޕީގެ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެށުމުން މޮސްޓާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އަބަދުވެސް ކުޅެނީ ޕާޓީގެ ޑިފެންސްއަށް އެކަނި ކަމަށެވެ. އަދި ސަރުކާރަށް 3 އަހަރު ވީއިރު މަލްޓިޕާޕަސް ހޯލްއެއް އެޅިފައިނުވާކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އޭސީގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި އެތައްފަހަރެއްގެ މަތިން އެޑިއުކޭޝަން މިނިސްޓްރީއަށް ދަންނަވާފައިވީ ނަމަވެސް އަދި މިއަދާ ހަމައަށް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށް މޮަސްޓާ ވިދާޅުވިއެވެ.

”ސްކޯލަރޝިޕް ލިބިގެން އިނގިރޭސި ވިލާތައް ކިޔަވަން ގޮސްތިބި ދަރިވަރުންގެ ފީ ޖަމާކޮށްދީފައިނުވާތާ 6 މަސްދުވަސްވެއްޖެ!“ މޮސްޓާ

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުންފެށިގެން ނޮޅިވަރަމް ސްކޫލުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާއިރު ރަށުން އެކަމަށް ބިމެއް ހަމަޖައްސަދީފައިވާ އިރުވެސް އެކަން ނުވާކަމަށް މޮސްޓާ ވިދާޅުވިއެވެ. ސްކޫލުގެ ކުރެހުމަށް އިތުރުކުރަންޖެހޭ ބައިތަކެއް ހުރުމުން އިމާރާތް ކުރަން ހަވާލު ކުރި ފަރާތުން މަސައްކަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލަފަ އޮތީ ކުރާ އިތުރު މަސައްކަތްތަކަށް މިސަރުކާރުން ފައިސާ ނުދީފާނެތީކަމަށް މޮސްޓާ ވިދާޅުވިއެވެ.

ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއްގެނައުމުގެ ގޮތުން ރަށު ކައުންސިލާއި އެޑިއުކޭޝަން މިނިސްޓްރީއާއި ބައްދަލުކޮށް މަޝްވަރާ ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ހައްލެއް ނުގެނެވި އޮތީ ނޮޅިވަރަމް ދާއިރާ އަކީ އެމްޑީޕީއަށް ނިސްބަތްނުވާ ދާއިރާއަކަށް ވާތީކަމަށް މޮސްޓާ ވިދާޅުވިއެވެ. ހއ. ތުރާކުނުން ފެށިގެން ހދ. ނޮޅިވަރަމާއި ހަމައަށް  އެމްޑީޕީއަށް ނުލިބުނު ގޮނޑިއަކީ ނޮޅިވަރަމް ގޮނޑިކަމަށްވާތީ އެކަމާއި ހަސަދަވެ ބާކީ ކޮށްލަނީކަމަށް މޮސްޓާ ވިދާޅުވިއެވެ. އަދި މޮސްޓާޢާއި ދެކޮޅަށް އެމްޑީޕީގެ ހުރިހާމެންބަރުން ނުކުތް ކަމުގައިވިޔަސް އެމްޑީޕީއަށް އެގޮނޑި ކާމިޔާބް ނުކުރެވޭނެކަމަށް މޮސްޓާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: