ކުރިޔަށް އޮތް 2 ދުވަހެއްގެ ރެތޭގައި ޔޫކްރެއިންގައި ތިބި 15 ދިވެހިން ރާއްޖެ ގެނެވޭކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.
އެ މިނިސްޓްރީއިން ބުނީ ރާއްޖެ ގަޑިން ރޭ 11:30 ގައި މި 15 ދިވެހިން އިވަނޯ-ފްރެންކިވްސްކްގެ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް ވަދެފައިވާކަމަށެވެ. ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުކޮށް ފޮރިން މިނިސްޓްރީގެ ޓީމާއި ގުޅިފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މީގެއިތުރުން ބެލަރޫސްގެ މެޑިކަލް ޔުނިވަރސިޓީ ”ގްރާޑްނޯ“ ގައި ކިޔަވަމުންދާ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރަމުން އަންނަކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ކުދިން ތިބީ ހަމަނުޖެހުން ހިގަމުންދާ ސަރަހައްދުގެ ބޯޑަރާއި 1500 ކިލޯ މީޓަރު ދުރުގައިކަމަށެވެ. ބެލަރޫސްގައި ތިބި 140 ދަރިވަރުންނާއި ގުޅާ އެކުދިންގެ ހާލު ބަލަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ހަރްކީވްގައި ބާކީ ތިބި 8 ދިވެހިންނާއި ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ފޮރިން މިނިސްޓަރީއިން މައުލޫމަތު ދެއްވައެވެ. ބާރލިންގައި ހުރި ދިވެހި އެމްބަސީންއާއި ގުޅިގެން މި މަސައްކަތް ކުރަމުން އަންނަކަން ފޮރިން މިނިސްޓްރީން ފާހަގަކުރައްވައެވެ.
ޔުކްރެއިންގެ ބޯޑަރާއި ކައިރިން ރަޝިޔާގެ ކާސްކްގައިވެސް ދިވެހި ކުދިން އެބަ ތިބިކަމާއި، މި ކުދިންނާ ގުޅަމުން އަންނަކަމަށާއި، އެ ސަރަހައްދުގައި ނުރައްކަލުގެ ހާލަތެއްނެތްކަން އެކުދިންގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

