ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ސުޕަސްޓޯރު ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

”އެސްޓީއޯ ޕީޕަސް ޗޮއިސް“ ގެ ނަމުގައި ހިންގަމުން އައި ސުޕަމާޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުރިއަށް ވުރެ ބޮޑަށް ވިޔަފާރި ފުޅާކޮށް ރާއްޖޭހެ ފުރަތަމަ ސުޕަސްޓޯރްގެ ގޮތުގައި ރޭ އަލުން ހުޅުވައިފި އެވެ.

އެތަން ހުޅުވަމް ބޭއްވި ހަފުލާ ރޭ ޝަރަފުވެރިކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުު ދައްކަވަމުން ނާއިބު ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުން ހުރިހާކަމެއް ވެސް ބައްޓަން ކުރައްވާނީ ރައްޔިތުންނަށް ލުއިފަސޭހަވާނޭ ގޮތަށް ކަމަށެވެ. އެގޮތުން ރޯދަމަހު ވެސް ކާބޯތަކެތީގެ އަގުބޮޑުވިޔަނުދީވޭތޯ ބަލަންވާނޭ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އެސްޓީއޯއިން ގައުމަށްޓަައި ކޮށްދެއްވާ ޚިދުމަތްތައް ފާހަގަ ކުރައްވައިފައެވެ. އެގޮތުން ކޮވިޑްގެ އެންމެ ނާޒުކުވަގުތުގައި ވެސް އެކުންފުނީން ކޮށްދެއްވި ޚިދުމަތަކީ ޝުކުރު ހައްގު ޚިދުމަތެއް ކަމަށް ވިދާޅުވިއެވެ. ”އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންތައްތައް ކަމުގައިވާ ބޭސް އަދި ތެޔޮ، ފިޔާ، ބިސް އަދި ކާޑުގެ ބާވަތްތައް ވަރަށް ބޮޑަށް ފޯރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވި،“ ނައިބު ރައީސް ވިދާޅުވިއެވެ.

އެސްޓީއޯއިން ވިއްކާ ވަރަށްގިނަ ސާމާނު އަލަށް ހުޅުވި ތަނުން ލިބޭނެއެވެ. އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވީ އެސްޓީއޯގެ ސްޕަރސްޓޯރ އަލުން ހުޅުވީ އަމިއްލަ ވިޔަފާރިތަކަށް ވެސް ރީޓެއިލް ވިޔާފާރީގެ ފުރުސަތު އެތަނުން ހޯދައިދިނުމަށްޓަކައި ކަމަށެވެ. ”ޕީޕަލްސް ޗޮއިސް ބޮޑުކުރެވިގެން މިދިޔައީ އަމިއްލަ ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ފުޅާކުރުމުގެ އުންމީދުގަ. ގިނަ ފަރާތްތަކަށް އެއްފުރާޅެއްގެ ދަށުން ފުރުސަތުދީ ރައްޔިތުން ބޭނުންވާ ގިނަ ތަކެތި އެއްތަނަކުން ލިބުމުގެ ފަސޭހަ ހޯދައިދިނުމަށް،“ އަމްރު ވިދާޅުވެފައިވެއެވެ.

މިތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯގެ މަގުސަދަކީ ސަރުކާރުންކުރާ ވިޔަފާރި މަދުކުރުން ކަމަށެވެ. އޭގެ ބަދަލުގައި އެފުރުސަތު އަމިއްލަ ފަރާތްތަކަށް ދިނުން ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަންމުންގެ 9 ވިޔަފާރިއެއް މިހާވެސް ވަނީ ސްޕަރސްޓްރޯގައި ބައިވެރިވެފައި ކަމަށެވެ.

ހޯމްއިމްޕްރޫވް މެންޓުން ލިބެން ހުންނަށްް މުދާތައް ވެސް އަލަށް ހުޅުވި ތަނުން ލިބެން އެބަހުއްޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: