ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ލިބޭ ފައިސާގެ ބޮޑުބައި ހޭދަކުރަނީ ނަޝީދުގެ ޕްރޮމޯޝަނަށް: ރީކޯ މޫސަ

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއެއްގެ ބޮޑުބައި ހަރަދު ކުރަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ޕްރޮމޯޝަނަށް ކަމަށް ބުނެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާފައިވާ ރީކޯ މޫސާ މަނިކ ތުހުމަތުކުރައްވާފިއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ގައި ވާހަކަ ދައްކަވަމުން މޫސަ މިހެން ވިދާޅުވީ ޕާޓީއަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާގެ ވާހަކަތަކާއި މެދު ދައްކަވަމުންނެވެ. 10،000 މެމްބަރުން ހަމަވެފައިވާ ކޮންމެ ޕާޓީއަކަށް، އިލެކްޝަންސް ކޮމިޝަނުގައި ރެޖިސްޓްރީ ކުރެވިފައިވާ ދަފްތަރުގެ އަދަދަށް ބަލައި ވަކި އަދަދެއް ޕާޓީ ހިންގަން ދައުލަތުގެ ބަޖެޓުން ދޫކުރާނެ އެވެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ލިބެމުން އައި އެމްޑީޕީއަށް ލިބުނުހާ ފައިސާތަކާއި މެދު ސުވާލު އުފައްދައި، މޫސަ ވަނީ އެ ފައިސާތައް ރައީސް ނަޝީދުގެ އަމިއްލަ ޕްރޮމޯޝަންތަކަށް ބޭނުން ކުރިކަން ސާބިތުވާނެ ލިޔުންތައް ވެސް ޕާޓީގެ އޮފީހުގައި ހުންނާނެ ކަމަށެވެ. ދައުލަތުން ލިބޭ ފައިސާގެ އިތުރަށް އިންތިހާބުތަކާއި ދިމާކޮށް 60 މިލިއަން ރުފިޔާ ނުވަތަ އެންމެ ދަށް ވެގެން ވެސް 40 މިލިއަނެއްހާ ރުފިޔާ ލިބޭކަން ފާހަގަކޮށް އޭގެއިން މިހާތަނަށް ކުރި މަސައްކަތަކާއި މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

އެމްޑީޕީއަކީ ރައީސް ނަޝީދުކަމަށް ނުވަތަ ރައީސް ނަޝީދަކީ އެމްޑީޕީކަމަށް ސިފަކޮށް ވާހަކަ ދައްކާއިރު މިހާހިސާބަށް ޕާޓީ ގެނައުމަށް މަސައްކަތް ކުރި އެތައް ބަޔަކު އެބަތިބިކަން މޫސަ ފާހަގަ ކުރެެއްވި އެވެ. އޭނާ ވިދާޅުވީ އެމްޑީޕީ އެމްޑީޕީއަކަށް ހެދުމުގައި އުޅުނު ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދުކަމަށް ބުނެ އެ މަންޒަރު ރައްޔިތުންނަށް ނުދެއްކޭނެކަމަށެވެ.

މީގެ އިތުރުން ރީއްކޯ ސުވާލު ކުރެއްވީ ނަޝީދު ކެބިނެޓް އެއްކޮން އިސްތިއުފާ ދޭން ނިންމެވީ ކޮންބޭފުޅެއްގެ މަޝްވަރާ ލަފާގެ ދަށުން ކަމާއިމެދުގައެވެ. އަދި އަމިއްލަފުޅަން ފެނިވަޑައިގެން އެކަން އެގޮތަށް ކުރެއްވި ސަބަބެއްގެ ގޮތުގައި މޫސަ ފާހަގަ ކުރެއްވީ ކެބިނެޓުގައި އެމަނިކުފާނުގެ ބަސް ނުވިކުމެވެ. އިތުރަށް ފާހަގަ ކުރެއްވީ ބައެއް ކެބިނެޓް މެންބަރު އެމަނިކުފާނަށް ދެއްވާ ލަފާ ކަމުނުދިއުމެވެ.

މޫސަ ވިދާޅުވީ ބަޔަކު އޭނާ މަޝްހޫރުވެ ރައްޔިތުންގެ ރުހުން ލިބުނީ ރައީސް ނަޝީދުގެ ފޮޓޯ ވިއްކާ އެމަނިކުފާނުގެ ސަބަބުން ކަމުގައި ބުނަމުން ގެންދިޔަ ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އޭނާ މަގްބޫލު ވެގެން ދިޔައީ އޭނާގެ އަމިއްލަ މަސައްކަތުން ކަމުގައެވެ. މޫސަ އިތުރަށް ފާހަގަ ކުރެއްވީ ރައީސް ނަޝީދުގެ ގައިކޮޅަށް ކިސަޑު ޖަހައި މިފަދަ ކަންތައްތައް ވެގެން ދިޔައީ އޭނާ އާއި ނުލައި ކުރެއްވި ދަތުރެއްގައި ކަމަށާއި ނަމަވެސް އޭނާ އާއި އެކު ވަޑައިގެންނެވި ދަތުރުތަކުގައި ނަޝީދަށް މާފަތީގެ މަރުހަބާތައް ރަށްތަކުން ދިން ކަމުގައެވެ. އަދި އޭނާ އާއި ރައީސް ނަޝީދާއި ދެމެދު އޮތް ގުޅުން ކެނޑި ހީނަރުވެގެން ދިޔައީ ގިނަ ރައްޔިތުންނެއްގެ ތާއީދު އޭނާއަށް ލިބިގެންދާތީ ނަޝީދު އެކަމާއި ހިތްޕުޅާއި ނުވުުންކަމުގައި މޫސަ ވިދާޅުވިއެވެ.

މެއި މަހު 14 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އެއް ބަޔަކު ރައީސް ނަޝީދު ޕާޓީން ބޭރު ކުރަން މަސައްކަތް ކުރާ ވާހަކަ ދައްކާއިރު މި ކަމަށް ތާއީދު ކުރައްވަމުން މޫސަ ވިދާޅުވީ އެއީ އޭނާއަށް ގަބޫލު ކުރެވޭ ގޮތުގައި ރަނގަޅުކަމެއް ކަމަށާއި އޭރަށް އެމަނިކުފާނަށް ކޮންމެވެސް އެއްޗެއް ވިސްނިވަޑައިގަންނަވާނެ ކަމުގައެވެ. އަދި މިހާރުގެ ރައީސުލްޖުމްހުރިއްޔާ ކުރައްވާ ހުރިހާ ކަމެއް އެމަނިކުފާނު މަޖިލީހުގެ ރައީސްކަމުގައި އިންނެވީތީ އެމަނިކުފާނު އެދިލައްވައި ގޮތަށް މަޝްވަރާ ކުރަން ޖެހުމަކީ ވަރަށް އުދަގޫ ކަމަކަށް ވާނެ ކަމުގައި މޫސަ ފާހަގަ ވިދާޅުވި އެވެ. އަދި މިއީ ރައީސް ސާލިހަށް ލިބިގެންދާ ނިކަމެތިކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ. މިގޮތުން ރައީސް ނަޝީދު އިސްވެ ހުންނަވައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ޗެއާޕާސަންކަމުގެ މަގާމަށް ނެރުނު ނަމަވެސް އިންތިގެ އެއްވެސް ބާރެއް ޕާޓީގެ ތެރޭގައި ނޯންނާނެ ކަމުގައި މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އޭނާ ނުލައި ޕާޓީގެ ތެރޭގައި އެއްވެސް ކަމެއް ނުހިންގޭނެ ކަމަށާއި، ހިންގޭނެ އިތުރު މީހަކުވެސް ނުހުންނާނެ ކަމަށެވެ. ޕާޓީގެ ޗެއާޕާސަންއަކަން އޭނާ އައްޔަން ކުރެވުނީވެސް މިގޮތަށް ކަންތައްތައް ދާތީ ޕާޓީގެ މެންބަރުން އެކަމާއި މަޝްވަރާ ކުރެއްވުމަށްފަހު އަމިއްލަ އިސްނެގުމުގެ މަތިން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ މިކަމަށް ނެގި ދިޔަ ވޯޓުން ރައީސް ނަޝީދާއި ދާދި ގާތް ކުރާ އަދަދެއްގެ ވޯޓު ޕާޓީގެ މެންބަރުންގެ ފަރާތުން އޭނާއަށް ލިބުމުނުކަމުގައެވެ. އަދި މިއީ އެމްޑީޕީގެ ތާއީދު އޭނާއަށްވެސް ރައީސް ނަޝީދާއި ދާދި އެއް ވަރަކަށް އޮތްކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ދޭހަވާފަދަ މޭރުމަކުން މޫސަ ވަނީ ވާހަކަ ދައްކަވާފައެވެ.

އޭނާ ފާހަގަ ކުރެއްވީ 2013 ގައި އިންތިހާބަށް ފަހު ޕާޓިގެ ގޮތްފެއްގެ ރައީސްގެ އިތުރުން އެހެން މަގާމެއް ނަޝީދުގެ ނެތްކަމަށެވެ. އޭރު ޕާޓީގެ ގަވާއިދު ބުނާ ގޮތުން ޕާޓީގެ އެންމެ އިސް މަގާމެއްގައި ހުރީ އޭނާ ކަމުގައި މޫސަ ފާހަގަ ކުރެއްވިއެވެ. މިގޮތަށް ކަންތައްތައް ހުރުމުގެ ސަބަބުން ޕާޓީ ދެން ލީޑް ކުރާނީ އޭނާކަމުގައި ހީކުރެވުނު ކަމަށާއި، ނަޝީދު ނުހޮވުމުން ވެރިކަމަށް ދެން އަންނާނީ އޭނާ ކަމުގައިވެސް ގަބޫލު ކުރެވުނު ކަމަށް މޫސަ ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ކޮންމެ ކަމެއްގައިވެސް މަންޒަރު ކުޅެ އެހެން މީހުންނަށް އެކަމުގެ ޒިންމާ ދެއްވާ ބޭފުޅެއްގެ ގޮތުގައި މޫސަ ސިފަ ކުރެއްވިއެވެ. މިގޮތުން އޭރުގަ އޮތް ޕީޕީއެމްގެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމަށް ބޭއްވުނު ”މެޑޭ“ ގެ އެއްވުމުގައިވެސް އެކަން އިންތިޒާމް ކޮން ހަމަ ޖެއްސުމުގައި އެންމެ އިސް ރޯލެއް އަދާކުރެއްވީ އޭނާ ކަމުގައި ވިދާޅުވަމުން ރީއްކޯ ފާހަގަ ކުރެއްވީ ނަޝީދު އެ ދުވަހުވެސް އޮތީ ނިކުމެ ބަޔަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ގޭގައި ބިރުން ކަމަށެވެ.

މީގެ އިތުރުން މޫސަ ފާހަގަ ކުރެއްވީ މިހާރުގެ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށްވެސް އޭނާއަކީ މުހިންމު މީހެން ކަމުގައެވެ. އަދި ފޯމް ދީ ސޮއި ކުރައްވައިގެން ޕީޕީއެމްއަށް އޭނާ ގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށްވެސް އޭނާ މުހިންމު ވާތީކަމުގައި ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން، ޕީޕީއެމުން ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތަށްވެސް އޭނާގެ ތާއީދު ނެތްކަމަށާއި އަދި އެމްޑީޕީއިން ޗައިނާއަށް އެއްޗެހި ގޮވާ ގޮވުމަށްވެސް ތާއީދު ނުކުރާނެކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: