ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފަތުގެ ރަމްޒުގެ ފޯކަސްއަކީ ރަށުގެ ބަނދަރުމަތިން ހިންގާލެވޭކަމެއް ނޫން: ވައްޑޭ

އިންތިގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފަތުގެ ރަމްޒުގެ ފޯކަސްއަކީ ރަށުގެ ބަނދަރުމަތިން ހިންގާލެވޭކަމެއް ނޫންކަމަށް، އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްޒިޔާޒު ފަހުމީގެ ތަރުޖަމާން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. މެމްބަރު ވަހީދު މިހެން ވިދާޅުވީ ށ.އަތޮޅަށް އިމްތިޔާޒު ފަހުމީގެ ޓީމުން ކުރެއްވި ދަތުރުފުޅަށްފަހު ކެމްޕެއިން އޮފީހުގައި މިއަދު މީޑިއާއަށް ދެއްވި މައުލޫމާތުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު ވަހީދު ވިދާޅުވީ، ތިލަފަތުގެ ރަމްޒު ކެމްޕެއިންއިން ފޯކަސް ކުރަމުން ދަނީ ދަތުރުކުރެވޭ ރަށްރަށުގެ އަދަދު ގިނަކުރުމުގެ ބަދަލުގައި، އެބޭފުޅުން ދާ ކޮންމެ ރަށެއްގައި ތިއްބަވާ އެމްޑީޕީގެ ހުރިހާ މެމްބަރުންނާއި ބައްދަލުކޮށް އެބޭފުޅުންގެ އަޑުތައް އައްސަވާ، ފާޅުކުރާ ހިޔާލުތަކާއި ކަންބޮޑުވުންތަކާއިމެދު މަޝްވަރާ ކުރުމަށް ވަގުތު ދިނުން ކަމުގައެވެ.

ވަހީދު މިހެން ވިދާޅުވީ އިންތިއާއި ވާދަކުރައްވާ އަނެއް ކެނޑިޑޭޓް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ކެމްޕެއިނަށް އަމާޒުކުރައްވައެވެ. މިގޮތުން ފައްޔާޒްގެ ހިންގާލަން ކެމްޕެއިން ޓީމުން ރަށްރަށުގައި ދޮރުން ދޮރަށް ހިނގާ ނިސްބަތް ކުޑަކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭގެ ބަދަލުގައި ފައްޔާޒުގެ ޓީމުން ބޮޑަށް ބައްދަލުކުރައްވަނީ ރަށްރަށުގެ ފޯކަސް ގްރޫޕްތަކާއިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މެމްބަރު ވަހީދު ވިދާޅުވީ އެބޭފުޅުންގެ ކެމްޕެއިން އިން ދަނީ ދޮރުން ދޮރަށް ހިނގާ، ރަށްރަށުގެ މައްސަލަތައް އަޑު އަހާ ސާފުކުރަމުން ކަމަށެވެ. މިގޮތުން ކޮންމެ ރަށެއްގެ މެމްބަރުންނަށް އިމްތިޔާޒް ފަހުމީ ގެންދަވަނީ ތިލަފަތުގެ ރަމްޒު މެނިފެސްޓޯ ހުށަހަޅުއްވަމުންކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ މިކެމްޕެއިންގެ އެނމެ ބޮޑޫ ފޯކަސްއަކީ އަރާ ރަށްރަށުގެ އަދަދު ހަމައެކަނި ގިނަކޮށްލުމެއްނޫން“ ވަހީދު

ދޮރުން ދޮރަށް ހިންގަވާ އެމްޑީޕީގެ އާއްމު މެމްބަރުގެ ޝަކުވާތައް އަޑުއައްސަވާކަމަށް ވިދާޅުވެ، މެމްބަރު ވަހީދު ވިދާޅުވީ އެމްޑީޕީގެ 40 އިންސައްތަ ސަރުކާރެއް އޮތްނަމަވެސް މިވެރިކަމުގައި އެމްޑީޕީގެ އަމާޒުތަކާއި ސިއާސަތުތަކާއި އެއްގޮތުގެ މަތިން އެންމެ ފުރިހަމައަށް ކަންކަން ކުރެވިގެން ނުދާކަމުގެ ޝަކުވާ އެޕާޓީގެ އާންމު މެމްބަރުންގެ ފަރާތުން ލިބެމުންދާކަމަށެވެ.

މިހާތަނަށް އެބޭފުޅުންގެ ކެމްޕެއިން ޓީމުގެ ފަރާތުން 97 ރަށަކަށް ދެވިފައިވާކަމަށާއި އެމްޑީޕީ ދަފްތަރުގެ މެމްބަރުން ނިސްބަތްވާ 60 އިންސައްތަ ތަންތަނަށް ވާސިލްވެވިފައިވާކަމަށް މެމްބަރު ވަހީދު ވިދާޅުވިއެވެ. އަދި މޭ 14ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ކުރިން އެމްޑީޕީގެ ހުރިހާމެމްބަރުނާއި ހިސާބަށް ތިލަފަތުގެ ރަމްޒުގެ މެސެޖް ގެންދަވަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު އޮތީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ. މިއިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކު ނުކުމެ ހުންނެވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. މިދެބޭފުޅުންގެ ކެމްޕެއިން ފޯރި ގަދަވެ، އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ބަދަލުކުރެވި، ކުރިއަށް އޮތް 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓަށްވެސް މިއިންތިހާބުން އަސަރުކުރާނެކަމަށް މާހިރުން ލަފާކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: