ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް ދޭއްއަށް ހާއްސަ ކުރި ބަސްތައް ގެނެސްފި

އެމްޓީސީސީން ގެނައި ބަސްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީން ފޯރުކޮށްދޭ ބަހުގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ބަސްތައް މާލެ ގެނެސްފިއެވެ.

މި ބަސްތަކަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަށް ހާއްސަކޮށްގެން ގެނައި ބަސްތަކެއްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

ފޭސް ދޭކަށް ބަހުގެ ޚިދުމަތް ދިނުމަށް ޙަވާލުކޮށްފައިވާ ސަރުކާރުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނި އެމްޓީސީސީން މީގެ ކުރިން ބުނެފައިވަނީ މިއަހަރުގެ އޮގަސްޓުމަހުގެ ކުރިން މާލެއިން، ހުޅުމާލެ ފޭސްދޭކަށް ޑައިރެކްޓް ދަތުރުތައް ފެށޭނެ ކަމަށެވެ. ބަހުގެ ޚިދުމަތް މިހާރު ފޯރުކޮށްދެނީ ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އެމްޓީސީސީން ފޯރުކޮށްދެމުންގެންދާ ބަހުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ބަސްތައް ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.

އާޒިމް މިކަމާއި ގުޅިގެން ކުރެއްވީ ޓްވީޓުގައި ވިދާލުވެފައިވާގޮތުން ނަމަ މި ބަސްތަކުގެ ހިދުމަތް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށިގެންދާނެއެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ނިންމެވުމާ އެއްގޮތަށް ގެނައި ބަސްތަކެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: